English Edition
Dhivehi Edition
އެމްޓީސީސީ އިން އަންހެނުންގެ ދުވަސް ފާހަގަކުރުން ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގައި މަސައްކަތް ކުރާ މައިންނާ އަދި މާބަނޑު އަންހެނުންނަށް ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ.

އެމްޓީސީސީ އިން އަންހެނުންގެ ދުވަހަށް ހާއްސަކޮށް ބޭއްވި ހަފްލާގައި އެމްޓީސީސީން ބުނީ އެ ކުންފުނިން ދޭން ނިންމި ލުއިތަކުގެ ދަށުން އެ ކުންފުނީގައި މަސައްކަތްކުރާ މާބަނޑު އަންހެނުންނާއި އެއް އަހަރުން ދަށުގެ ދަރިން ތިބި މައިންނަށް “ފްލެކްސިބަލް ވޯކް އެރޭންޖްމަންޓް” ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން މާބަނޑު އަންހެން މުވައްޒަފުން އަދި ދެ އަހަރު ނުފުރޭ ދަރިންގެ މައިންނަށް ތިން ގަޑިއިރުގެ ބްރޭކެއް ދިނުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ، އެ ކުންފުނިން އަންހެނުން މުވައްޒަފުންނަށް ދޭން ނިންމި ލުއިތަކަކީ މާބަނޑު ދުވަސްވަރާއި، ތުއްތު ކުދިން ގެންގުޅޭ މައިންނަށް މަސައްކަތް ކުރަން ފަސޭހަ މާހަައުލެއް ގާއިމުކުރުން ކަމަށެވެ. އަދި އެ ކުންފުނިން ކޮންމެ އަހަރެއްގައި އަންހެނުންގެ ދުވަސް ފާހަގަކުރަނީ އެކި މައިދާންތަކުގައި އަންހެނުންނަށް ފިރިހެނުންނާ ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

މީގެ އިތުރުން ޒިޔާދު ވިދާޅުވީ އެމްޓީސީސީ އަކީ އަންހެން މުވައްޒަފުންނަށް ފުރުސަތުތައް ފަހިކޮށްދީ ބާރުވެރިކުރުމުގައި ނަމޫނާ ކުންފުންޏެއް ކަމަށާއި އެ ކުންފުނި އުފެދުނީއްސުރެ، ކުންފުނީގެ ތަރައްގީގެ ދަތުރުގައި އަންހެން މުވައްޒަފުންގެ ދައުރު ބޮޑު ކަމަށެވެ.