English Edition
Dhivehi Edition
ނިލަންދޫ ބަނދަރުގެ މަސައްކަތް ހަވާލުކުރުން - ފޮޓޯ:އެމްޓީސީސީ

އެމްޓީސީސީގެ އިސްވެރިންނަށް ނާޖާއިޒް ފައިދާތަކެއް ހޯދައިދިނުމުގެ ބޭނުމުގައި، މިއަދު އެމްޓީސީސީން މަޝްރޫއެއްގައި ސޮއިކުރި ކަމަށް ބުނެ ‘ދިޔަރެސް’ ނޫހުން ލިޔެފައިވާ ހަބަރަކީ ހަގީގަތާ ހިލާފު ދޮގު ހަބަރެއްކަމުގައި އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓިސީސީ އިން ބުނީ އެ ކުންފުންޏަކީ ދިވެހި ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ހެޔޮބަދަލެއް ގެނެސްދިނުމަށްޓަކައ،ި ދިވެހި ސަރުކާރުން އެކަށައަޅުއްވައިފައިވާ އިސްތިރާޖީ ރޭވުންތަކާއ،ި ދިވެހިރާއްޖެ ގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒުކުރާ އެއް ކުންފުނިކަމަށެވެ. އަދި އެ ކުންފުނިން ނިންމާ ހަވާލުކޮށްފައިވާ ގިނަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއ،ި އިޖްތިމާޢީ ޒިންމާގެ ދަށުން ކޮށްދީ އަދި ކޮށްދެމުން އަންނަ އެކިއެކި ކަންކަން ބަލައިގަނެ އެކުންފުންޏަށް ރައްޔިތުންކުރާ އިތުބާރަށް ކުންފުނީގެ ވިޔަފާރީގެ ބައިވެރިންނަށް ޝުކުރު އަދާކުރާކަމަށެވެ.

އެމްޓީސީސީ އަކީ ރާއްޖޭ ގެ ތަފާތު އެކި ސިނާއަތްތަކުގައި ފުޅާދާއިރާއެއްގައި ވިޔަފާރީގެ ހަރަކާތް ކުރިއަށްގެންދާ ކުންފުންޏެއްކަން ފާހަގަކޮށް ބުނެފައިވަނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކޮށްފައިވާނީ ކުންފުނީގެ އާމްދަނީ އާއި ފައިދާ އަދި ޙިއްސާދާރުންނަށް ލިބި ނަފާ އިތުރުކުރުމާއިއެކު ކުންފުނީގެ ވަނަވަރު އިތުރަށް ތަރައްޤީކުރުމުގެ އިދާރީ ސަޤާފަތާއި ސުލޫކުގެ އަސާސް އިސްކުރުމުގެ ރޫހުގައިކަމަށެވެ. އަދި މިހަޤީޤަތް ވޭތުވެދިޔަ 4 އަހަރު ކުންފުނިން ހާސިލްކޮށްފައިވާ ކާމިޔާބީ އާއި އާންމުކޮށްފައި މާލީ ނަތީޖާ އަދި އަހަރީ ރިޕޯޓްތަކުން ވަރަށް ސާފުކޮށް ފެންނަން ހުންނާނެކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް ރައްޔިތުންނަށް އޮޅުވާލާ އެ ކުންފުނި ބަދުނާމު ކުރުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހަޤީޤަތާއި ޚިލާފު ޚަބަރު ފަތުރަމުންދާކަން އެމްޓީސީސީ އިން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން “ދިޔަރެސް” ނޫހުގައި 24 އޮކްޓޯބަރ 2023 ވަނަ ދުވަހު ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުވާ 55 މިލިޔަން ޑޮލަރުގެ މަޝްރޫޢުއެއްގައި އެކުންފުނިން ސޮއިކުރަން އުޅޭ ކަމަށް ބުނެ ޝާއިޢުކޮށްފައިވާ ޚަބަރަކީ ކަނޑައެޅިގެން ހަޤީޤަތާއި ޚިލާފު ދޮގު ޚަބަރެއްކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ދިޔަރެސް ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރުގައި އިޝާރާތްކޮށްފައިވާ މަޝްރޫޢުއަކީ ބައިނަލްއަޤުވާމީ ޕްރައިވެޓް އިންވެސްޓަރުން ރާއްޖޭ ގައި ކުރިއައްދިއުމަށް ރާވާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުއެއްކަމަށް އެމްޓިސީސީ އިން ވަނީ ބުނެފައެވެ. އަދި ވިޔަފާރި ކުންފުންޏެއްގެ ހައިސިއްޔަތުން މި މަޝްރޫޢު ކާމިޔާބު ކުރުމަކީ މިވަގުތު އެ ކުންފުނީގެ އަޒުމެއްކަމަށް އެމްޓީސީސީ އިން ބުނެފައެވެ. އަދި މި މަޝްރޫޢުގެ ކްލައިންޓާއިއެކު މަޝްވަރާކުރަމުންދާ މިދަނޑިވަޅުގައި ކުންފުނީގެ ނަޒާހަތްތެރިކަމާއިމެދު ސުވާލުއެފެއްދުމުގެ މަޤުސަދުގައި މިފަދަ ހަޤީގަތާއި ޚިލާފު ދޮގު ޚަބަރު ފެތުރުމުގެ ސަބަބުން މި މަޝްރޫޢު އެކުންފުންޏަށް ގެއްލިދާނެ ކަމުގެ ބިރު ވަރަށް ބޮޑުކަމުގައި އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޓީސީސީ އިން ބުނީ މިވަގުތު މަޝްވަރާކުރަމުންދާ މިފަދަ އެހެން މަޝްރޫޢުތަކާއި ކުރިއަށް ލިބޭނެކަމަށް ލަފާކޮށްފައިވާ މަޝްރޫޢުތަކަށްވެސް މިފަދަ އަމަލުތަކުގެ ސަބަބުން އެތަކެތް ގެއްލުމެއް ކުރިމަތިވެ ކުންފުނީގެ ޙިއްސާދާރުންކަމަށްވާ ދިވެހި ސަރުކާރާއި އާންމު ޙިއްސާދާރުންނަށް ލިބޭނެކަމަށް ލަފާކުރި ނަފާ ގެއްލުމުގެ ފުރުސަތުވެސް މިހާރު އިތުރުވެފައިވާކަމަށެވެ.

އެމްޓިސީސީގެ ހިންގުން ހަރުދަނާކުރުމަށް ވޭތުވެ ދިޔަ 4 އަހަރު ކުރެވުނު މަސައްކަތުގެ ތެރެއިން ވާނީ “ޕްރައިސިން ޕޮލިސީ” ގެ ނަމުގައ،ި ކުންފުނިން ކުރާ ވިޔަފާރީގައި ފައިދާގެ އިންސައްތަ ހިމަނާނެ މިންވަރު ބަޔާންކުރާ ޕޮލިސީއެއް އެކަށައަޅާފައެވެ. އެހެންކަމުން އެމްޓީސީސީއަށް ކުރިމަތިލާ ކޮންމެ ވިޔަފާރި މުޢާމަލާތެއްގައި ޕޮލިސީގައި ބަޔާންކޮށްފައިވާ ފައިދާގެ މިންވަރަށް ވުރެން ދައްކޮށް މަޝްރޫޢުއެއް ކުރިއަށްގެންދަން ކުންފުނީގެ މެނޭޖްމަންޓުން ބޭނުންވާނަމަ އެކަން ކުރިއަށްގެންދަން ކަޑައްތުކުރަންޖެހޭ މަރުހަލާތައްވެސް ވަނީ އެ ޕޮލިސީގައި ބަޔާންކޮށްފައެވެ. އެގޮތުން ވަކި އިންސައްތައަކަށްވުރެން ވިޔަފާރީގެ މުޢާމަލާތުގެ ފައިދާ ކުޑަކަމުގައި ވަނީނަމަވެސް ޖުމުލަކޮށް ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް އޮތް ފުރުސަތު އިތުރުވާނެ ނުވަތަ ކުންފުނީގެ ވަނަވަރަށް އިންޤިލާބީ ބޮޑު ބަދަލެއް ގެނުވާނެ މަޝްރޫޢުއެއް ނުވަތަ މުޢާމަލާތެއްކަމުގައިވާނަ،މަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އިޒުނައާއިއެކު ކުރިއަށް ދިއުމަށް މި ޕޮލިސީގައި ހުރަހެއް ނެތެވެ.

މީގެ އިތުރުން އެމްޓީސީސީ އިން ބުނީ ރައްޔިތުންގެ ހިތުގައި އެ ކުންފުންޏާ، ކުންފުނީގެ މެނޭޖްމަންޓަށް ލިބިފައިވާ އިތުބާރާއ،ި ލޯބި ފަނޑުކޮށްލުމަށް ގަސްތުގައި ކޮށްފައި ވާ ނާތަހުޒީބު މިޢަމަލުގެ ސަބަބުން މިކުންފުންޏަށާއި އަދި ޖުމުލަކޮށް ދިވެހިރާއްޖޭ ގެ އިޤުތިސާދައްވެސް އިޔާދަނުކުރެވޭނެފަދަ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިދާނެކަމުގައި ދެކޭކަމަށެވެ. އަދި މީގެ އިތުރުން މި މަޝްރޫޢު ކުރިއަށް ގެންދަން ނިންމާފައިވަނީ ކުންފުނީގެ އިސްވެރިންތަކަކަށް ނާޖާއިޒު ފައިދާއެއް ހޯދުމުގެ ބޭނުމުގައިކަމަށް ބަޔާންކޮށް ދިޔަރެސްއިން ތުހުމަތުކޮށް ލިޔެފައިވާ ދޮގު ޙަބަރު ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

އިތުރަށް އެމްޓީސީސީ އިން ވަނީ އެ ކުންފުންޏާއި ކުންފުނީގެ ވެރިން ބަދުނާމު ވާގޮތަށް އަދި ޢާންމު ރައްޔިތުންނާޢި ކުންފުނީގެ ވިޔަފާރީގެ ބައިވެރިންގެ މެދުގައ،ި ކުންފުންޏަށް އޮތް އިތުބާރު ގެއްލޭ ގޮތަށ،ް މިފަދަ ޙަޤީޤަތާއި ޚިލާފު ދޮގު ޚަބަރު ނުފެތުރުމަށް “ދިޔަރެސް” ނޫހަށް އިލްތިމާސްކޮށްފައެވެ.