English Edition
Dhivehi Edition

“ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް”ގައި މިރޭ ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއެކު ގަބުރު އެފްސީ އިން ކާމިޔާބުކޮށްފިއެވެ.

މީދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗު ގަބުރު އެފްސީ އިން ކާމިޔާބު ކުރީ ނޮރިންމަ އެފްސީ އާއި ބައްދަލުކޮށް 3 ލަނޑު 0 ލަނޑުންނެވެ. ގަބުރު އެފްސީ އިން މެޗުގެ ފުރަތަމަ ހާފްގައި ދެ ލަނޑު ޖަހާ ހަމަޖެހިލާފައިވާއިރު އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ފަނަރަވަނަ މިނިޓްގައި އަހްމަދު މިބްސަމް ސާމިއުއެވެ، އޭގެ ދެ މިނިޓްފަހުން އެ ޓީމްގެ އަލީ އަބާން ޝަރީދްވަނީ އިތުރު ލަނޑެއް ޖަހާފައެވެ.

ފޯރިގަދަ ކުޅުމާއެކު މެޗުގެ ދެވަނަ ހާފް ފެށިގެން ދިޔައިރު ދެ ޓީމުންވެސްވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މިގޮތުން ގަބުރު އެފްސީގެ އިބްރާހީމް ހޫދު އައްބާސް އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ލީޑްފުޅާކޮށްލިއިރު، ނޮރިންމަ އެފްސީ އިންވަނީ މެޗިގެ ނަތީޖާ ބަދަލުކޮށް ލަނޑެއް ޖެހުމަށް މަސައްކަތްކޮށްފައެވެ.މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ނިމިގެން ދިޔައީ ނޮރިންމަ އެފްސީ އަށް ނަތީޖާ ބަދަލުކޮށްލާނެ ފުރުސަތެއް ނުލިބިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގަބުރު އެފްސީގެ ޖާޒީ ނަންބަރު 10 އިރްފާންއެވެ.