English Edition
Dhivehi Edition

ސްރީ ލަންކާގައި، ގަވައިދާއި ހިލާފަށް އުޅެމުންދިޔަ ތިން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ، ވިސާގެ މައްސަލައިގައި އެއް އާއިލާއެއްގެ ތިން މެމްބަރުން، ލަންކާގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު، އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން، އެ މީހުންނަށް ކޮންސިއުލާގެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް މިއުވާން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން ވަނީ ބޭރު ގައުމުތަކުގައި އުޅޭ ދިވެހިން ވެސް ގަވައިދުން ވިސާ ނެގުމަށާއި މުއްދަތު ހަމަވުމުގެ ކުރިން އެ އާކުރުމަށް ހަނދާން ކޮށްދީފަ އެވެ.