English Edition
Dhivehi Edition

ސެމްސަންގް އާއި އުރީދޫ ގުޅިގެން ސެމްސަންގްގެ ފަހުގެ ގެލެކްސީ ޒެޑް ފްލިޕް، ހާއްސަ އޮފަރއަކާއި އެކު ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ސެމްސަންގްގެ މި އީޖާދީ ފޯނަކީ ފުލް ސްކްރީން ފޯނެއް ކަމުގައިވިޔަސް، އެހެން ފޯނުތަކާ ހިލާފަށް ގެންގުޅެން ފަސޭހަ، ފަތްޖަހާލެވޭގޮތަށް އުފައްދާފައިވާ މޮޅު ފޯނެކެވެ. ޑުއަލް ބެޓެރީއާއެކު ފަރުމާ ކުރެވިފައިވާ މިފޯނުގެ ބެޓެރީ މުޅި ދުވަހަށް ހިފަހައްޓާއިރު، ފޯލްޑަބަލް ފީޗަރ އާއިއެކު ފޮޓޯ ނަންގަވާ ބޭފުޅުންނަށްވެސް ތަފާތު އޭންގަލްތަކުން ކޮލިޓީ ފޮޓޯ ނެގުމަށް ފަހި ކޮށްދެއެވެ.

ސެމްސަންގް ޒެޑް ފްލިޕް އެންމެ ފުރިހަމަ އަގުގައި އުރީދޫ އީ-ކޮމާރސް ޕްލެޓްފޯރމް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ބައްލަވައިގަނެވޭނެއެވެ.

އުރީދޫން ބުނީ އުރީދޫ އީ-ކޮމާރސް ޕްލެޓްފޯރމް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ސެމްސަންގް ގެލެކްސީ ޒެޑް ފްލިޕްގެ ‘މިރަރ ޕާޕަލް’ ކުލައިގެ 256 ޖީބީގެ ފޯނު 22،699ރ. އަށް ލިބެން ހުންނާނެ ކަމަށެވެ. އަދި މޫލީ މެދުވެރިކޮށް ބައްލަވައިގަންނަވާ ކޮންމެ ފޯނަކާއި އެކު އުރީދޫ ޕްރީޕެއިޑް، މިކްސް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަހަކު 2020 އެމްބީ ހިލޭ ޑޭޓާ ވެސް މިއަހަރުގެ ނިޔަލަށް ލިބިވަޑައިގަންނަވާނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.

އުރީދޫން ބުނީ މިއަދު ލޯންޗްކުރެވުނު ސެމްސަންގް ގެލެކްސީ ޒެޑް ފްލިޕް، އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ބައްލަވައިގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދެވޭނެ ކަމަށެވެ.