English Edition
Dhivehi Edition

ތިލަފުށްޓަށް ކުންޏާއެކު ގުރުއާން ތަރުޖަމާތައް އުކާލީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން(ވެމްކޯ) އިން ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ނެރެފައވާ ބަޔާނެއްގައި ބުނެފައިވަނީ މީގެ 10 ވަރަކަށް އަހަރު ކުރިން އިސްލާމިކް މިނިސްޓްރީން އެ އިދާރާއަށް ފޮނުވި ކީރިތި ގުރުއާނުގެ ދިވެހި ތަރުޖަމާތަކެއް ކުށް ހުރުމުގެ ސަބަބުން ނުބެހުމަށް އެ މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އަދި ތަރުޖަމާތަކާއި އިސްލާމިކް މިނިސްޓީރީން ހަވާލުނުވެ ގިނަ ދުވަސްވަމުންދާތީ އިސްލާމިކް މިނިސްޓްރީއަށް ފޮނުވަން ދެންނެވުމުން އެ ތަރުޖަމާތައް ނައްތާލުމަށް އެ މިނިސްޓްރީން ލަފާދީފައި ކަމަށް ބަޔާނުގައިވަނީ ބުނެފައެވެ

އެހެންކަމުން ގުރުއާން ތަރުޖަމާތައް ވެމްކޯއާ ހަވާލުކުރީ ފޮށިތަކުގައި ރައްކާތެރިކަމާއެކު ބަންދުކޮށްފައިކަމަށް ސިޓީ ކައުންސިލުންވަނީ ބުނެފައެވެ. އަދި ގުރުއާން ތަރުޖަމާކަން އެނގޭ ގޮތަށް ފޮށިތަކުގައި ބޭރުގައި ލޭބަލްކޮށްފައިވާނެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ގުރުއާން ތަރުޖަމާ އުކާލި މައްސަލައިގައި ފުވައްމުލަކު ސިޓީ ކައުންސިލަށް ގިނަ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު އެމައްސަލަ ތަހުގީގުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށައަޅާފައިވާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން ޤުރުއާނުގެ ތަރުޖަމާތައް އުކާލީ ވެމްކޯއިން ކަމަށް ބުނެފައިވާއިރު ތިލަފުށްޓަށް ގުރުއާން ތަރުޖަމާތައް އުކާލި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެމްކޯއިންވެސް ވަނީ ބުނެފައެވެ. މި މައްސަލައިގައި ވެމްކޯ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހާއްސަކޮށް ނައްތާލަން ޖެހޭ ތަކެތި ތިލަފުށީގައި ނައްތާލެވޭނީ، އެފަދަ ތަކެތި ނައްތާލަން ބޭނުންވާ ފަރާތްތަކުން ވެމްކޯއަށް ލިޔުމަކުން އަންގައި ހާއްސަ ހުއްދައެއް ނަގައިގެން ކަމަށެވެ.