English Edition
Dhivehi Edition
މާލެ މަގުމައްޗަށް ކުނި އަޅާފައި

މާލޭގެ މަގުމައްޗަށް ކުނި އަޅާ މީހުންގެ ފޮޓޯ އަދި ވީޑިއޯ ފޮނުވާ ނިޒާމު ގާއިމުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މާލޭ މަގުމަތީ ކުނި ބަހައްޓަމުންދާ މީހުން ފާހަގަކުރަމުންދާ ކަމަށާއި އެގޮތަށް ކުނި ބަހައްޓާ މީހުންގެ ފޮޓޯ އަދި ވީޑިއޯ 9341144 ނަންބަރަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ފޮނުވައިދޭން އެދޭކަމަށެވެ. އަދި ވެބްސައިޓު މެދުވެރިކޮށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފޮނުވޭނެކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް މާލޭގެ މަގުމައްޗަށް ކުނިއަޅައިގެން 100 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާއިރު، މާލޭގެ މަގުމަތި ސާފުތާހިރުކޮށް ބޭއްވުމަށް މާލެ ސިޓީ ކައުންސިލާ ވެމްކޯ އަދި ފުލުހުން ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ.

ރޯދަ މަހުގެ މިހާތަނަށް ހުޅުމާލޭގެ ދެ ފިޔަވަހިން 700 ޓަނަށްވުރެ ގިނަ ކުނި ނަގާފައިވާއިރު ވެމްކޯއިން ބުނީ އާންމުގޮތެއްގައި ހިޔާ ސަރަޙައްދުގެ ކުނި ނަގާ މަރުކަޒުތަކުން ނަގަމުން ގެންދަނީ ވެޓް ވޭސްޓްކަމަށެވެ. އެހެންނަމަވެސް އުސުލުން ބޭރުން ހިފާ ގެންގުޅޭ ސާމާނާއި އެހެނިހެން ސާމާނުވެސް ގެނެސް އެ މަރުކަޒުތަކުގެ ގޯޅި ތެރޭގައި ބަހައްޓާފައިވާކަމަށެވެ.

ޓެގު