English Edition
Dhivehi Edition
ވެމްކޯ

މާލެ ސަރަހައްދުގައި ވެމްކޯއިން ކުނި ނަގަމުންދާ ގަޑިތަކަށާ، މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެންނަން ނިންމައިފިއެވެ.

“މާލެފަހި” މަޝްރޫޢުގެ ދަށުން މާލޭގައި ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވައިރު އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެން މުދާ އުފުލާ ގަޑީތަކަށް ބަދަލު ގެންނަން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި މިކަން އެއްކޮށް ތަންފީޒުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިގޮތުން ސަރުކާރުން ބުނީ މިހާރު އޮންނަ ގޮތުން ކުނި ނެގުމާ، މުދާ އުފުލުމަށް ވަކި ގަޑިތަކެއް ކަނޑައެޅިފައި ނެތުމުގެ ސަބަބުން ސްކޫލް ގަޑިތަކާއި އޮފީސް ގަޑިތަކުގައި ވެސް މާލޭގެ މަގުތައް އޮންނަނީ ވެހިކަލްތަކުން ތޮއްޖެހިފައިކަމަށެވެ. އެހެންކަމުން ވަކި ސައިޒަކަށްވުރެ ބޮޑެތި ވެހިކަލްތައް ބޭނުންކޮށްގެން މުދާ އުފުލުމަށް ވަކި ގަޑިތަކެއް ކަނޑައަޅާގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އޮގަސްޓު 1 ވަނަ ދުވަހުން ފެށިގެން ވެމްކޯއިން ކުނި ނަގާނީ ރޭގަނޑު 10 އިން ފަތިހު 5:00 އަށެވެ. އަދި ކަނޑައެޅޭ ވަކި ސައިޒެއްގެ އުޅަނދުތައް ބޭނުންކޮށްގެން މުދާ އުފުލަން ނިންމާފައިވަނީ ރޭގަނޑު 8 އިން ފަތިހު 5 އަށެވެ.

ޓެގު