English Edition
Dhivehi Edition
ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހަކު ވަޅުލުމުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގައި ފަރުވާދެމުންދިޔަ އުމުރުން 67 އަހަރުގެ މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ މަރުވެފައި ވަނީ މިއަދު 12:12 ގައި ކަމަށްވެސް އެޗްޕީއޭ އިން ހާމަކުރެއެވެ.

އެޗްޕީއޭ އިން ހާމަކުރާ ގޮތުގައި އެ މީހާ އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 20 އަށް އަރައިފަ އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވެފައި ވަނީ 14 ދިވެހިންނާއި ހަ ބިދޭސީންނެވެ.

ރާއްޖެއިން މިހާތަނަށް 5،157 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ދިވެހިންނެވެ. އަދި ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 2،835 މީހުން ވަނީ ރަނގަޅުވެފައެވެ.

މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 89،555 ސާމްޕަލް ނަގާފައިވާއިރު، މިވަގުތު ކަރަންޓީނުގައި އެއްވެސް މީހަކު ނެތެވެ. ނަމަވެސް އައިސޮލޭޝަން ފެސިލިޓީތަކުގައި 1،452 މީހުން އެބަތިއްބެވެ.