English Edition
Dhivehi Edition

ޓިކްޓޮކްގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޖޯކްޖަހާ “ޕްރޭންކް” ވިޑިއޯތައް އާންމު ވުމާއި ގުޅިގެން މަޝްހޫރު ޑިޒެބިލިޓީ ކެމްޕެއިނަރ ލިޒީ ވެލަސްކުއޭޒް އެކަން ހުއްޓުވުމަށް ގޮވައިލައިފިއެވެ.

އެމެރިކާއާ އަށް އުފަން 31އަހަރުގެ ލިޒީ ބުނީ، އޭނަގެ ފޮޓޯތައް ބޭނުން ކޮށްގެން މައިންބަފައިން އެމީހުންގެ ދަރިންނަށް ވީޑިއޯ ކޯލެއްގައި ހުރިކަމަށް ދައްކުވައިދޭ މި ޕްރޭންކްގައި ބުނަނީ، ދަރިފުޅަށް އެ ވީޑިއޯ ކޯލް ދެއްކުމަށްފަހު މިއީ އާ ކްލާސްޓީޗަރ ކަމަށެވެ. އެހެން ބުނުމާއެކު އެ ދަރިފުޅުގެ މޫނުމައްޗަށް އެރީ ބިރުގަތް ކަމުގެ ކުލަވަރެވެ.

ދުނިޔޭގައި އެތައްހާސް، ހާއްސަ އެހީއަށް ބޭނުންވާ މީހުން އުޅޭއިރު އެމީހުންނަށް ވަނީ ދިރިއުޅުމުގައި ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ. ބައެއް ހާލަތް ތަކުގައި އެފަދަ މީހުން ދުނިޔެއިން ބާކީ ވެފައިވާ ކަމުގެ އިހުސާސްވުމުން އަމިއްލައަށް މަރުވެފައި ވެސް އެބަހުއްޓެވެ. މި ފަދަ ފަރާތްތަކަށް ޖޯކްޖަހައި ބުލީ ކުރަމުންދާއިރު ވިސްނާ ލަންޖެހޭ ކަމަކީ އެއީވެސް އަހަރެމެން ފަދަ އިންސާނުންކަމެވެ.

ޓިކްޓޮކްގައި މިޓްރެންޑް އާވެފައި ވަނިކޮށް ލޒީ އޭނަގެ އިންސްޓަގްރާމް މެދުވެރިކޮށް އެކަންތައް ހުއްޓުވުމަށް ގޮވާލަމުން ބުނީ، މައިންބަފައިން ކުޑަކުދިންނަށް ރީތިގޮތްތައް ދަސްކޮށް ދިނުމުގެ ބަދަލުގައި މިފަދަ އަމަލުތައް ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި އަހަރެމެން އެކަކު އަނެކަކަށް އަނެކާ ދައްކާއިރު އެކުދިން ހާއްސަ އެހީއަށް ބޭނުންވާ މީހުން ދައްކައި ބިރުގަންނަވާ ފާޑަށް އަމަލު ބަހައްޓާއިރު ދަރިންނަށް ބުނެދޭންވީ އެފަދަ މީހުންނަކީ ވެސް އަހަރެމްނެ ފަދަ އިންސާނުން ކަމަށާއި މިއީ ބިރުގަންނަށް ޖެހޭ ކަމެއް ނޫންކަމަށެވެ.

މީގެއިތުރުން ވެލްޒް ވަނީ މިއަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށް މިފަދަ އަމަލުތައް މިހިނދުން ފެށިގެން ހުއްޓުވަން ޖެހޭނެކަމަށް ބުނެ އިންސްޓަގްރާމްގެ އޭނަގެ ރައްޓެހިން ކައިރުން ވެސް މިފަދަ އަމަލުތައް ހުއްޓުވުމަށް އެކަންތައް ކުރަމުން އަންނަ މީހުންނަށް ގޮވައިލަން އެދިފައެވެ.

ލިޒީ އަކީ މީގެ އަހަރުތަކެއް ކުރިން ދުނިޔޭގެ އެންމެ ހުތުރު އަންހެނާ ކަމަށް ބުނެ އޭނަގެ ފޮޓޯ ސޯޝްލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި ދައުރުކޮށް އޭނައަށް ބަޔަކު ބުލީކުރުމުން އެފަދަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައު ކެރިގެން ވަކާލާތު ކުރުން ނިކުތް ހިތްވަރުގަދަ އަންހެނެކެވެ.

ލިޒީއަކީ، ވަރަށް މަދުން ފެންނަ ބައްޔެއް ކަމަށްވާ “މާފެނޮއިޑް-ޕްރޮގެރޮއިޑް ލިޕޮޑިސްޓްރޮޕީ ސިންޑްރޯމް ކިޔާ ބައްޔެއް ތަހައްމަލް ކުރަމުންދާ ހިތްވަރުގަދަ ފަރާތެކެވެ. އޭނާ މިދުނިޔެއަށް އުފަންވީ އިރުން ފެށިގެން މިބަލީގައި އުޅެމުން އަންނަ އިރު ތަފާތު ގިނަ ސިއްޙީ ބޮޑްތެތި މައްސަލަތައް ކުރިމަތިވެފިއިވެއެވެ. އެގޮތުން އޭނަގެ އެއްލޮލުގެ ފެނުންވަނީ ގެއްލިފައެވެ. އަދި ހަށިގަނޑުގައި ފެޓްސް އުފައްދައި ނުދިނުމުން ހިކިއަނަރޫފަ ވެފައިވާއިރު އެނަ ބުނާގޮތުން ކާންޖެހެނީ ހަޑިގަނޑަށް ފެޓް ލިއްބައިދޭ ކާނާއެވެ.

ވެލަސްކުއޭޒްގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮ އާކައި ފިރިހެން ކޮއްކޮ އެއް ހުރެއެވެ. ވެލަކުއޭޒްގެ މައިންބަފައިން ރަނގަޅަށް ތިބިއިރު އޭނަގެ ދެކޮއްކޮގެ ވެސް ސިއްޙީ މައްސަލަތަކެއް ނުހުރެއެވެ.