އަށް އަހަރު ވަންދެން އޮޅުކޮށްގެން ގެންގުޅުނު ދެކުއްތާ ދިން ހަމަލާގައި ކުޑަކުއްޖަކު މަރުވެއްޖެއެވެ.
އެމެރިކާގެ ޓެނެސީ ގައި މިހާދިސާ ހިނގާފައިވަނީ މިދިޔަ އޮކްޓޯބަރ މަހު ތެރޭގައެވެ. ކްރިސް ޖޭންގެ ކުޑަ އާއިލާ ދިރި އުޅެމުން އައި ގޭގައި ފިރި މީހާ އާއި އުމުރުން 5 މަހުގެ ފިރިހެން ކުއްޖާ އަދި 2 އަހަރުގެ އަންހެން ކުއްޖާ “ޕިޓްބުލް” ޑޯގް ގެންގުޅޭތާ 8 އަހަރު ވީއިރު ދުވަހަކުވެސް މިފަދަ ނުރައްކަލެއް ކުރިމަތި ވެފައި ނުވެއެވެ.
މި ހާދިސާ ކިޔައި ދެމުން ކްރިސް އާއި އޭނާގެ ފިރިމީހާ ބުނީ ކުއްލިއަކަށް ދެ ކުއްތާ ދެކުދިންނަށް ހަމަލާ ދޭންފެށީއެވެ. އަދި ކުދިން ސަލާމަތް ކުރުމަށް ކްރިސް އެކުދިން ގައިގައި ބައްދާލައިގެން ބިންމަތީގައި އޮތް އިރު އެ ދެ ކުއްތާ ވަނީ އޭނާ އަށްވެސް ހަމަލާ ދީފައެވެ. ހަމަލާގައި ލިބުނު އަނިޔާ ތަކަށް ފަރުވާ ދިނުމަށްފަހު ކްރިސް ސަލާމަތް ވި ނަމަވެސް ދެ ކުދިންނަށް ބޮޑެތި އަނިޔާ ތައް ލިބިފައި ވުމުން މާގިނަ އިރު ތަކެއް ނުވެ އެކުދިން މަރުވިއެވެ.
މި ހާދިސާ ތަހުގީގު ކުރި ޝެލްބީ ކައުންޓީ ޝެރިފް އޮފިސަރ ބުނީ، ހަމަލާ ދިން ސީންގައި ކުދިން މަރުވީ 10 މިނެޓް ވަންދެން ކުއްތާ ތައް އެކުދިންނަށް ހަމަލާ ދިނުމުން ލިބުނު ޒަހަމްތައް ބޮޑު ކަމުންކަމަށެވެ. އުފާވެރި އެ އާއިލާގެ ދިރުން ކަމަށްވާ ދެކުދިން އަނިޔާވެރި ހާދިސާ އިން ބީވެގެން ދިޔުމުން ކްރިސްގެ ދެމަފިރިން ތިބީ ހިތްކުދި ކުދި ވެފައެވެ. އެދެމަފިރިން ބުނާގޮތުގައި 8އަހަރު ވަންދެން އޮޅުކޮށްގެން ގެންގުޅުނު ކުއްތާ ތައް އެކުދިންނަށް ހަމަލާ ދިން ސަބަބަހެއް މިހާތަނަށް ސާފެއް ނުވެއެވެ.
ޕިޓްބުލް ޑޯގް އަކީ އޮޅުކޮށްގެން ގެންގުޅުނަސް ކުއްލިޔަކަށް ރުޅިގަދަވެ މީހުންނަށް ހަމަލާ ދޭ އެއްޗެކެވެ. ޕިޓްބުލް ޑޯގްތަކުގެ ށިކާރައަށް ވެ ވަރަށް ގިނަމީހުން މަރުވެ ނުކުޅެދޭ ހާލަތަށް ގޮސްފައި ވެއެވެ.