English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ އިން ކޮވިޑް19 އަށް ޕޮޒިޓިވްވި ދެމީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވި އެންމެންގެ ސާމްޕަލްވެސް ނެގެޓިވްވެއްޖެއެވެ.

މިމަހުގެ 10ވަނަ ދުވަހު ހިތަދޫ އިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ އައްޑޫ ހައި ސްކޫލްގެ ހޯލް އިމާރާތް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުނީގައި، މަސައްކަތްކުރާ ބަންގްލަދޭޝް މީހެކާއި އައްޑޫ ސިޓީ ހިތަދޫ އުމުރުން 58 އަހަރުގެ ދިވެހި އަންހެނެކެވެ.

މި ދެމީހުން ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން ހިތަދޫ މޮނީޓަރިންގެ ހާލަތަށް ގެންގޮސް ކްންޓެކްޓް ޓްރޭސިން ހަދާފައިވާއިރު ބިދޭސީ މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވެފައިވަނީ 24 ފަރާތެކެވެ. އަދި ދިވެހި އަންހެންމީހާއާއި ދެ ފަރާތަކުން ކޮންޓެކްޓްވެފައިވާއިރު މި އެންމެންވެސް ވަނީ ކޮވިޑަށް ނެގެޓިވްވެފައެވެ. އެހެންނަމަވެސް އުސޫލުތަކާއި އެއްގޮތަށް އެންމެންވެސް 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރަންޖެހޭއިރު، 14 ދުވަސް ފަހުން އެމީހުންގެ އިތުރު ސާމްޕަލެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ފޭދޫ އިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވި ހުރިހާ އެންމެންގެ ނަތީޖާތައްވެސް ނެގެޓިވްވެފައިވާކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުންވަނީ ބުނެފައެވެ. އައްޑޫއިން މިހާތަނަށް 03 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އެ އެންމެންގެ ހާލުވެސް ރަގަޅެވެ.