ދުނިޔޭގެ އެކި ސަރަހައްދުތަކުން ކޮވިޑް 19 އަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 20 މިލިއަނަށް އަރައިފިއެވެ.
ހަލުވިކަމާއެކު ފެތުރެމުން އަންނަ މި ވައިރަހުގައި ދުނިޔޭގެ އެކިކަން ކޮޅުތަކުން 733,973 މީހަކު ވަނީ މިހާތަނަށް މަރުވެފައެވެ. އަދި 12,897,813 މީހުން މިބައްޔަށް ފަރުވާ ހޯދުމަށްފަހު ރަނގަޅުވެފައިވާއިރު މިހާރުވެސް މި ބަލި ޖެހިފައިވާ 6,391,230 މީހުން ދުނިޔޭގައި އެކި ސަރައްދުތަކުގައި އެބަތިއްބެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮރޯނާވައިރަސް މުޅި ދުނިޔެ އަށް ފެތުރި ބަލާއާފަތަކަށް ވެފައިވާއިރު މި ބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާގައެވެ. އެމެރިކާއިން މި ބަލި ޖެހުނު 165,617 މީހަކު ވަނީ މިހާތަނަށް މަރުވެފައެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ބްރެޒިލް ގައެވެ. އެ ގައުމުން މި ބަލި ޖެހުނު 101,136 މީހުން މަރުވެފައިވާއިރު މެކްސިކޯ، އިންޑިއާ، ޔޫކޭ، އިޓަލީ ،ފްރާންސް ފަދަ ގައުމުތަކަކީ މިހާތަނަށް މި ބަލިޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމުތަކެވެ.
ރާއްޖެގައި 5000 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާއިރު މިހާރު ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ރާއްޖޭގައި މި ވަނީ 2218 އަށް އަރާފަ އެވެ. މިހާތަނަށް ރާއްޖެއިން މި ބަލިޖެހިގެން މަރުވެފައިވަނީ 19 މީހެކެވެ.