English Edition
Dhivehi Edition

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމަޑާންޓްގެ މަޤާމަށް ކާނަލް މުޙައްމަދު މުޚުތާރު މިއަދު އައްޔަން ކުރައްވައިފިއެވެ.

މިކަމަށްޓަކައި ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މަޤާމު ޙަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ.

މުޚުތާރު ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމަޑާންޓް ކަމަށް އައްޔަން ކުރައްވާފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ކާނަލް ޢަބްދުﷲ އިބްރާހީމް ދިގުމުއްދަތަކަށް ރާއްޖެއިން ބޭރު ކޯހަކަށް ފުރާވަޑައިގެންނެވުމާއި ގުޅިގެންނެވެ.