English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

ރާއްޖެއަށް އިއްޔެ ކުރި ވިއްސާރާގައި މާލެއިން 30،406 ޓަނުގެ ފެން ހިންދާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ބުނެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ އިއްޔެ އެންމެ ގިނައިން ވާރޭވެހިފައިވަނީ މާލެ ސަރަހައްދަށް ކަމަށެވެ. މެޓް އޮފީހުން ބުނީ މިއަދު ހެނދުނާ ހަމައަށް ހުޅުލެއަށް 144 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު މާލެއަށް 142.6 މިލިމީޓަރު އަދި ހުޅުމާލެއަށް 122.5 މިލިމީޓަރުގެ ވާރޭވަނީ ވެހިފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގެ އިތުރުން އެންމެ ބޮޑަށް ވާރޭވެހިފައިވަނީ އދ. މާމިގިއްޔަށެވެ. އެ ރަށަށް 24 ގަޑިއިރުގެ ތެރޭގައި 113 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

މެޓް އިން ވަނީ ވާރޭވެހި ފެންބޮޑުވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.