English Edition
Dhivehi Edition

އަންނަ އާދިއްތަ ދުވަހުން ފެށިގެން ހަތިޔާރާއެކު ސިފައިންގެ ތަމްރީންތަކެއް ހުޅުމާލެ ސަރަަޙައްދުގައި ކުރިއަށްގެންދާނެކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ނެރުނު އިއުލާނެއްގައި ވަނީ މި ތަމްރީނުތައް ކުރިއަށް ގެންދާނީ ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގެ ހަވީރު 4 އިން 6 އިން ކަމަށެވެ. އަދި ކޮންމެ އަންގާރަ ދުވަހެއްގެ ރޭ 10 އިން އަނެއް ދުވަހުގެ ފަތިހު 1 އަށް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ތަމްރީނުތަކުގައި ސިފައިން ކޮމްބެޓް ގިޔަރުގައި ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވެފައި ވެއެވެ.

އެމްއެންޑީއެފްއިން މި މަޢުލޫމާތު ހާމަކޮށްފައިވަނީ އާންމު ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ކަމަށް ވިދާޅުވެފައި ވެއެވެ.