English Edition
Dhivehi Edition

އައްޑޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވި ބިދޭސީ މީހާއަކީ އައްޑޫ ހައި ސްކޫލްގެ ހޯލް އިމާރާތް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުނީގައި، މަސައްކަތްކުރާ ބަންގްލަދޭޝް މީހެކެވެ. އައްޑޫ ހައި ސްކޫލްގައި ބިދޭސީން ތިބުމަށް ހަދާފައިވާ އެކޮމަޑޭޝަން ތަނެއްގައި ކަރަންޓީންވެގެން ހުރި މި މީހާ ކޮވިޑް19 އަށް ޕޮޒިޓިވްވިކަން އެގުނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށް ފަހު ނެގި ސާމްޕަލްއިންނެވެ.

މިހާރު މި މީހާގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އައްޑޫ ސިޓީ ފޭދޫގައި ވެސް ހޯމް ކަރަންޓީންގައި ހުރި މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.