English Edition
Dhivehi Edition

ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރެރިޔާ އަހުމަދު ރިޟްވާންގެ ހަނދާނުގައި އޭނާގެ އާއިލާއިން ލަވައަކާއި އޭނާގެ ހަޔާތާ ގުޅޭ ގޮތުން ބައޮގްރަފީ ފޮތެއް ނެރެފިއެވެ.

ރިޟްވާން ގެއްލުވާލިތާ މިއަދަށް ހަ އަހަރު ފުރިފައިވާއިރު، މިއަދު ނެރުނު އޭނާގެ ބައޮގްރަފީ ލިޔެފައިވަނީ ޝަހިންދާ އިސްމާއިލް އެވެ.

އެ ފޮތުގައި ރިޟްވާންގެ ތައުލިމީ ހަޔާތާއި، އޭނާގެ ލިޔުންތެރިކަމާއި ވަޒީފާތަކާ ބެހޭގޮތުން ލިޔެފައިވާއިރު އެ ފޮތުގައި އޭނާ ދީނީ ހަރުކަށި ފިކުރުގެ ތެރެއަށް ގެއްލިގެން ދިޔަ ގޮތާއި، އޭނާ އެ ފިކުރުގެ ކަންކަމާ މެދު ސުވާލު އުފައްދައި އެކަމުން ސަލާމަތްވި ގޮތުގެ ވާހަކަވެސް ހިމަނާފައިވެއެވެ. މި ފޮތުގައި ރިޟްވާންގެ ޅަ އިރުގެ ވާހަކަތައްވެސް ހިމަނާފައިވާ މި ފޮތުގައި އޭނާ ގެއްލުވާލުމާއި އޭނާ ހޯދަން ކުރި މަސައްކަތުގެ އިތުރުން އެކުވެރިންނާއި އާއިލާގެ މީހުންގެ ބަސް ވެސް ހިމަނާފައިވެއެވެ.

މި ފޮތް ވިއްކަން ގަސްތު ނުކުރާކަމަށް ރިޟްވާންގެ އާއިލާއިން ބުނެފައިވާއިރު https://findmoyameehaa.com އިން ހިލޭ ކިޔާލެވޭނެއެވެ،