އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް އެމްޓީސީސީ އިން ފަށައިފިއެވެ.
ޑިޒައިން އެންޑް ބިލްޑިން އުސޫލުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓީސީސީ އާއި ހަވާލުކުރީ 01 މާރިޗް 2020 ވަނަ ދުވަހުއެވެ.
ސ.ހުޅުދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ސ.ހުޅުދޫގެ މުސްކުޅި ބަނދަރު ވެލިއަޅާފުރާލާ، އައުބަނދަރެއް ހަމައެދިމާލުން، ރަށުގެ ހުޅަނގުފަރާތުން ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއް އަހަރާއި 10 ދުވަހުގެތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ 65.1 މިލިއަން ރުފިޔާ އެވެ.
މިމަޝްރޫއުގެ ދަށުން މިހާރު ބޭނުންކުރަމުންދާ ބަނަދަރު ހިއްކުމަށްފަހު 106 މީޓަރު ފުޅާ، 306 މީޓަރު ދިގު ބަނދަރެއް ހެދުމަށްވަނީ ނިންމާފައެވެ. އަދި މެދު ދިޔައިން 3.5 މީޓަރު ހުންނަވަރަށް ފަޅު ފުންކޮށް، މެދު ދިޔައިގައި 4.5 މީޓަރު ހުންނަވަރަށް ބަނދަރުގެ ނެރު ފުންކޮށް ހަތަރު ފަރާތުގައި ޖުމްލަ 742 މީޓަރުގެ އެލް ބްލޮކްސް ޖެހުމަށް ވަނީ ނިންމާފައެެވެ. މީގެ އިތުރުން:
ސ.ހުޅުދޫއަށް އަރާފައިބާ ބަނދަރަކީ 1980ހައިގެ އަހަރުތަކުގެ ތެރޭގައި ރަށުރައްޔިތުން ނުކުމެ ހަދާފައިވާ ބަނދަރެކެވެ. ރާއްޖޭގެ އެންމެ ދުވަސްވީ އެއް ބަނދަރުކަމުގައިވާ ހުޅުދޫ ބަނދަރު ހެދިފައިވަނީ ޒަމާނުއްސުރެ އެރަށަށް މީހުން އަރާފައިބާ ސަރަހައްދުގައެވެ