English Edition
Dhivehi Edition
ހިތަދޫ ގައި މިހާރު ކުރިއަށް ގެންދާ ޗައިނީސް ކްލާހުގެ ތެރެއިން

ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) އާއި އޭއޯ ގުޅިގެން އައްޑޫގައި ކުރިއަށް ގެންދާ، ޗައިނާ ބަސް ކިޔަވައިދިނުމުގެ ބޭސިކް ކޯހުގެ 2 ވަނަ ކުލާސް އޮގަސްޓު މަހުގެ 12 ވަނަ ދުވަހު މީދޫ ގައި ފަށާގޮތަށް ހަމަޖައްސައިފިއެވެ.

އައްޑޫގެ 2 ސަރަހައްދެއްގައި ކުރިއަށް ގެންދާ މި ކުލާސްތަކުގެ ތެރެއިން ކޮންމެ ކުލާހަކުން އެންމެ މަތިން މާކުސް ހޯދާ ދަރިވަރަކަށް ޗައިނާ ގައި ބަސް ކިޔެވުމަށް ފުރުސަތު ހޯދައިދޭ ގޮތަށް ސީއެމްސީއިން ވަނީ ހަމަޖައްސާފައެވެ.

ސީއެމްސީގެ މި ކުލާސްތަކަކީ، ރިސޯޓުތަކުގައި މަސައްކަތް ކުރާ ޒުވާނުންނަށް މިދުވަސްވަރު ޗުއްޓީގައި ތިބޭއިރު ޗައިނާ ބަސް ދަސްކުރުމަށް ފުރުސަތު ހޯދައި ދިނުމާއި އަދި ރާއްޖެއިން ތަފާތު އެކި ބޭނުންތަކަށް ޗައިނާއަށް ދާ ފަރާތްތަކަށް އެތަނުގައި އަމިއްލަ އަށް އުޅެވޭ ވަރަށް ބަސް ދަސްކޮށްދިނުމުގެ މަގްޞަދުގައި ކުރިއަށް ގެންދާ ކުލާސްތަކެކެވެ.

މި ކުލާހުގައި ކިޔަވައިދެނީ ސީއެމްސީއޭގެ ސްކޮލަރޝިޕްގައި ޗައިނާގައި ބަސް ކިޔެވުމުގައި 3 އަހަރު ހޭދަކޮށްފައިވާ އައްޑޫ ކުއްޖެކެވެ.

އެއްހަފްތާގެ މުއްދަތަަށް ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަ ކުރާ ހުރިހާ ފަރާތްތަކަށް ކޯހުގައި ކޯހުގައި ބައިވެރިވި ކަމުގެ ސެޓްފިކެޓް ދެވޭނެއެވެ.

މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އޭއޯ ނިއުސް ގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރުމުން އިތުރު މައުލޫމާތު ދެވޭނެއެވެ. އަދި އިތުރު މައުލޫމާތު 7782034 މި ނަމްބަރުން ލިބޭނެއެވެ.

http://www.facebook.com/www.aonews.mv/?ref=bookmarks

http://www.facebook.com/aonews.mv/