English Edition
Dhivehi Edition

ރާއްޖޭގެ އަތޮޅުތަކުން މާލެ ސިޓީއަށް އަންނަ އުޅަނދުތައް ލަފާ ފުރުމުގައި ބޭނުންކުރާނެ ވަކި ސަރަހައްދުތަކެއް މާލެ ސިޓީ ކައުންސިލުން ކަނޑައަޅައިފި އެވެ.

މިއަދު މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ފަރާތުން ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ވަކި ސަރަހައްދުތަކަށް އެކަނި ލަފާފުރޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ކައުންސިލުން ލާފާފުރުމަށް ފަސް ސަރަހައްދެއް ކަނޑައަޅާފައިވާއިރު ސިޓީ ކައުންސިލުން ބުނެފައިވަނީ މާލެއިން ލަފާ ފުރުމުގައި ބޭނުންކުރެވޭނީ ހަމައެކަނި އެ ސަރަހައްދުތައް ކަމަށެވެ. ކައުންސިލުން ލަފާފުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކަކީ:

  • އަތޮޅުތަކުން މާލެ އަންނަ އުޅަނދުފަހަރު ލަފާފުރުމަށް ތިލަފުށި ބަނދަރު
  • ރިސޯޓުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރަށް މާލޭގެ ފަސް ނަމަބްރު ޖެޓީ އާއި ހަ ނަމްބަރު ޖެޓީ
  • އަތޮޅުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރަށް މާލޭގެ އެއް ނަމްބަރު ޖެޓީ (އެމްއެމްއޭ ކުރިމަތި)
  • އަތޮޅުތަކުން މާލެ އަންނަ ދޯނި ފަހަރު ލަފާ ފުރުމުގައި މާލޭގެ ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު
  • އަތޮޅުތަކުން މާލެ އަންނަ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި އެހެނިހެން އުޅަނދުތަކަށް ހުޅުމާލޭގެ ބަނދަރު

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާއިރު ކޮންމެ ރެއެއްގެ 10 އިން ފަތިހު 5 އަށް ބޭރަށް ނުކުމެ އުޅުންވެސް ސަރުކާރުން ވަނީ މަނާކޮށްފައެވެ