English Edition
Dhivehi Edition
މާލެ ސިޓީ ކައުންސިލް ބައި އިލެކްޝަންސް ގެ ވޯޓުލުން ކުރިއަށް ދަނީ: ފޮޓޯ ޕީއެސްއެމް

މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.

މި އންތިޚާބުގައި މާލޭ ސިޓީގެ ހުސްވެފައިވާ މޭޔަރު ކަމާއި، މާފަންނު ދެކުރު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭ ސިޓީގެ މޭޔަރުކަން ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ. އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ނޮބެމްބަރު 17 ގައި ވަނީ މޭޔަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.

މާލޭގެ މޭޔަރުކަމަށް މި އިންތިޚާބުގައި ފަސް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެއީ،

  • ޝުއައިބު އަލީ (ފުރަހަނި) – އަމިއްލަ ގޮތުން
  • ހުސައިން ވަހީދު – ޕީއެންއެފްގެ ތާއީދާއެކު އަމިއްލަ ގޮތުން
  • މުހައްމަދު ސައިފް ފާތިހު – ދަ ޑިމޮކްރެޓްސް
  • އާދަމް އާޒިމް – އެމްޑީޕީ
  • އާއިޝަތު އާޒިމާ ޝަކޫރު – ޕީއެންސީ

މިއަދުގެ ވޯޓުލުން ހަވީރު 4:00 އާ ޖެހެންދެން ކުރިއަށް ގެންދަން ކުރިން ނިންމާފައި އޮތް ނަމަވެސް، މާލެއަށް އިއްޔެ ވަރަށް ގިނައިން ވިއްސާރަކުރުމުގެ ސަބަބުން ރޭ އީސީން ވަނީ ވޯޓުލުން މިއަދުގެ ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފައެވެ.

މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގެ އިތުރުން މ.މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ވެސް މިއަދު ވަނީ ފަށާފައެވެ.