English Edition
Dhivehi Edition
މާލޭގެ މޭޔަރ ޑރ. މުޢިއްޒުއާއި ޑެޕިއުޓީ މޭޔަޔ އަޙްމަދު ނަރީޝް/ފޮޓޯ ނަރީޝް

ހަވާލުވާނެ މީހަކު ނެތި މާލޭގެ ގަލޮޅު މޯޗަރީގައި އޮތް ބަންގްލަދޭޝް ދެ މީހެއްގެ ހަށިގަނޑު ނެރެން ދައްކަން ޖެހޭ ފައިސާ މާފު ކޮށްދޭން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މިއަދު ހެނދުނު ބޭއްވި ކައުންސިލުގެ ބައްދަލުވުމެއްގައި އެ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވީ މާލެ ސިޓީގެ މޯޗަރީއެއްގައި އެއްވެސް ލިޔެކިޔުމެއް ނެތް ދެ މީހެއްގެ ހަށިގަނޑު އެބަ އޮތް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ރާއްޖޭގައި ދިރިއުޅެމުން ދިޔަ މި ދެ މީހުންނާވެސް ހަވާލުވާނެ އެއްވެސް މީހަކު ނެތް އިރު ދެ މީހުންގެ ހަށިގަނޑު މޯޗަރީގައި އޮންނަތާ ދެ މަސް ދުވަސްވެފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގަިއ މި މީހުންނާ ހަވާލުވާނެ އެއްވެސް ފަރާތެއް ނެތްއިރު ނަރީޝް ވިދާޅުވީ، މޯޗަރީ ފީގެ ގޮތުގައި ގާތްގަނޑަކަށް 20،000ރ. އަރާފައިވާކަމަށެވެ.

މި ދެ މީހުންގެ ހަށިގަނޑު ބަންގްލަދޭޝްއަށް ގެންދަން ހައިކޮމިޝަން އާއި އާއިލާއާ ގުޅިގެން މަސައްކަތް ކުރި ނަމަވެސް ފައިސާ ދެއްކިފައި ނުވާއިރު އެ ކޮމިޝަނުން، ރައީސް އާއި އެލްޖީއޭ އަށްވެސް ސިޓީ ފޮނުވާފައިވާކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.

މި މަައްސަލައިގައި މިއަދު ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ އެ ފީ މައާފުކޮށް ދިނުމަށް ނިންމާފައެވެ.