English Edition
Dhivehi Edition

މައިލޯ އިންޓަ ސްކޫލު ފުޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ޝަމްސުއްދީން ސްކޫލުން ހޯދައިފިއެވެ. އިއްޔެ ހިތަދޫ ސްޓޭޑިއަމްގެ ބޭއްވި މި އުމުރުފުރާގެ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާނަކީ އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އެވެ.

މި އުމުރުފުރާގެ ކުޅުން ނިންމުމުގެ ގޮތުން ބޭއްވި ހަފްލާގައި ވަނީ ޓީމުތަކަށް ޓްރޮފީއާއި މެޑަލް ހަވާލުކޮށްދީފައެވެ. މި މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ޝަމްސުއްދީން ސްކޫލުގެ ކީޕަރު ލިވާޒު ނޫމާން ހޮވިފައިވާއިރު އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ޝަމްސުއްދީން ސްކޫލުގެ މުހައްމަދު ސައްޔާދުއެވެ. މި މުބާރާތުގެ ފެއާރ ޕްލެޔަރަކަށް ޝަމްސުއްދީން ސްކޫލުގެ ހާމް ހަސީބް ހޮވިފައިވާއިރު ފެއާރ ޕްލޭ ޓީމަކަށްވެސް ހޮވިފައިވަނީ ޝަމްސުއްދީން ސްކޫލެވެ. މުޅި މުބާރާތުގެ އެންމެ މޮޅު 10 ކުޅުންތެރިންނަށް ހޮވިފައިވަނީ ޝަމްސުއްދީން ސްކޫލުގެ މުހައްމަދު ސައްޔާމު، މާރިޝް ޝަފީގު، ހާމް ހަސީބުގެ އިތުރުން މަރަދޫ ސްކޫލުގެ ތަމާމް ޝާހިދު އާއި ފޭދޫ ސްކޫލުގެ މުހައްމަދު އައިޝްއެވެ. މީގެ އިތުރުން ހިތަދޫ ސްކޫލުގެ މުހައްމަދު ރާހިން އާއި ޝާމިން ނިޒާރުގެ އިތުރުން ޝަރަފުއްދީން ސްކޫލުގެ ހަސަން ޖައިޝަމް، އަހްމަދު މައިޝަން އަދި އިބްރާހިމް އާލަމްއެވެ.

މީ މި މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ޝަމްސުއްދީން ސްކޫލުން ހޯދި ދެވަނަ ފަހަރެވެ.