English Edition
Dhivehi Edition

ބޮނޑައީދަކީ ރާއްދޭގެ ރައްރަށި ވަރައް ފޯރިއެއި އެއްކޮއް ފާހަނގަ ކެރާ ދުވަސްތަކައް. ބޮނޑަބެރާއި މާލިއެއި އެކިއެކި ޕެރޭޑުތަކާއި ކުޅިވަރަތައް ކޮޅެމުން އޭކޯ ރާއްދޭގެ އެންމެ ދެކުނައު އޮންނެ އައްޑޫސިޓީއެ އަސް ބޮނޑައީދި ކުޅިވަރަތައް ތަފާތު ސިފަސިފައި ކުރިއައު އެއި. ބޮނޑަމަހާ ބޭވުމަކީ މިގޮތުން މީގެ އެތެރުން އުވި ނިގޮސް މިކަލަސް އީދާއި ދިމާކޮއް ކޮޅެނެ ކުޅިވަރައް. މިފަހަރަ އައްޑޫސިޓީ މަރަދޫއެ އަސް ބޮނޑަމަސް ބޭވުން ވަރައް ފޯރިއެއި އެއްކޮއް ކުރިއައްގެ.

އެހެންފެހެނާސް މިފަހަރަ ބޭވީ ފައްނަތުން ހަދަފެއި އޮއް ބޮނޑަ މަހައްނުން. އަސްލު ފަރަމަހުގެ ބޮނޑަ މަހައް. ޝޮޕް އެންޑް ގޯ ޖަޒީރާ މަސްރޭހުގެ ނަމި އޮއް މިމުބާރާތަކީ ފަރަމަސްވެރިކަމަށް މީހުން ގެ ޝައުގުވެރިކަން ބޮނޑަ އަވަށަކުގެ ގޮތެ ހާއްސަވެފެއިވޭ މަރަދޫގެ ޒުވާނުން އިސްނާގެން ކުރިއައް ގިނިގޭ މުބާރާތައް.

 

އެމުބާރާތެ އައްޑޫސިޓީގެ އެކިދާއިރާތަކުން 16 ޓީމަކުން ވާދަކޮއްފެއިވެއި.

ހެނަހިރި ދުވެހި ފޯރިއެއި އެއްކޮއް ފެށެނެ މަސްރޭހާއި ޝޮޕް އެންޑް ގޯގެ އައު ޕްރޮޑަކްޓު ލޯންޗް ކޮއްދިނީ ކޯސްޓްގާޑުގެ ސްކޮޑްރަން ކޮމާންޑަރ ފަސްޓް ލެފްޓިނެންޓް މުޙައްމަދު ޙަބީބު. އެރަސްމިއްޔާތެ ޖަޒީރާ ކަލެކްޝަންގެ އައު ޓީޝާޓު ލޯންޗް ކޮއްދިނީ މި މުބާރާތުގެ ޝަރަފުވެރި މެހެމާނު ކުރީގެ އެމްޕީ ޢަލީ ނިޒާރު.

އެދުވެހި 4 ޖެހިކޯ ދޯނިފަހަރަ މަހައް ނުކުތީ ވަރައު ހިއްވަރާއި ފޯރިއެއި ޖޯޝާއި އެކީ. ދެޖިންސްގެ ޒުވާނުންގެ މިފޯރި ގަދަ ޙަރަކާތައް އައްޑޫސިޓީގެ އެކި އަވައްތަކުން މީހުން މަރަދޫއައް ގޮސް އެކަމި ބައިވެރިވެ ހިއްވަރަ ދެރަފެއި ވެއި.

މަސްބާމުން ގޭކޯ ދޯނިތަކުން ގެއި އެވެރިން ބާމަހުގެ ލައިވް ވީޑިއޯއި ފޮޓޯތައް ސޯޝަލް މީޑިއާއި ޙިއްސާ ކެރަމުން. އެރެއި ރެއިގަނޑި 10 ޖެހިކޯ ކަނޑައެޅިފެއިވޭ ގޮތައް ހުށިހެއި ދޯނި ތަކަސް ރަށައް ލެފިއެ. އެހެއިސާބުން މަސްކިރާއް ފެށެނެ. މަސް ކިރައި ނިމިގެން ދެންއޮތީ ނިންމާ ރަސްމިއްޔާތު. އެންމެ ބޮނޑަމަހާ ބޭވި މީހާއި ޓީމުގެ އިތިރައް އެންމެ ގިނަ ޕޮއިންޓް ހޯދަގެން އެއްވަނާއްގޭ ޓީމަސް ހޮވިއެ. އަދި އެންމެ ގިނަ މަސްބޭވި ޓީމަސް ހޮވަފެއި ވެއި. އެއްވަނަ ޓީމަކައް ހޮވެނެއި ޓީމް މާލިން. މުބާރާތި ދެވަނަ ޓީމަކީ ޓީމް މުގުރި. އަދި ތިންވަނަ ލިބެނެއި ހުންބޮކާ ޓީމައް.

މީއައްޑޫސިޓީއެ މިއީދާއި ދިމާކޮއް ބޭވެނެ ކުޅިވަރަ ހަރަކާއްތަކި އެތެރުން ތަރުޙީބު ބޮނޑަ މަޖާ އިވެންޓައް. ޖަޒީރާ މަސްރޭހުގެ ފަރާތުން ކުރިއައު އޮއްތަނިޔަސް މިފަދަ ތަފާތު ޙަރަކާއް ތައް އައްޑޫސިޓީއެ ބާހެއްކަމައް އިންތިޒާމް ކޮމެޓީން ވެނީ ބެނަފެއި.