ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރުގައި ވަރުގަދަ ގޮވުންތަކެއް ގޮވައި، 25 ވުރެ ގިނަ މީހުން މަރުވެ އެތައް އިމާރާތަކަށް ގެއްލުންވެ، ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެއްޖެއެވެ.
އެގޮތުން، އެ ގައުމުގެ ހެލްތު މިނިސްޓަރު ހަމަދު ހަސަން ވިދާޅުވީ މި ގޮވުންތަކުގެ ސަބަބުން މިހާތަނަށް 2500 އަށް ވުރެ ގިނަ މީހުން ޒަހަމްވިއިރު، ބެއިރޫތުގެ ކައިރި ހިސާބުތަކުގައި ހުރި އިމާރާތްތަކުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެންދިއުމުގެ އިތުރުން ގިނަ ގެއްލުންތަކެއްވެފައިވާ ކަމަށެވެ.
އަލްޖަޒީރާ އިން ރިޕޯޓްކުރާ ގޮތުގައި ބާރުގަދަ ގޮތުންތަކާއެކު ބެއިރޫތުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ލޮޅުންތަކެއް އަރާފައިވާއިރު، މުޅި ސަރަހައްދުގެ ފަޒާގައި ވަނީ ދުން ބޯވެފައެވެ.
އެ ގައުމުގެ މީޑިއާ ހަބަރުތައް ބުނާގޮތުން، އިންޓީރިއާ މިނިސްޓަރު ވަނީ މި ގޮވުންތައް ކުރިމަތިވީ ބެއިރޫތުގެ ބަނދަރު ސަރަހައްދުގައި ވެއާހައުސް އެއްގައި ރައްކާކޮށްފައި ހުރި އެމޯނިއަމް ނައިޓްރޭޓްގެ ސަބަބުން ކަމަށް ހާމަކޮށްފައެވެ.
ބައެއް ހަބަރުތައް ބުނާގޮތުން މިހާދިސާގައި ޒަހަމްވި މީހުންނަށް ފަރުވާނުދެވިގެން ބެއިރޫތުގެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެގެން ބައެއް މީހުން އަނބުރާ ފޮނުވާލާފައިވާކަމަށްވެސް ވެއެވެ.
ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ސިހުން ގެނުވި މިހާދިސާއަކީ އިސްރާއީލާއި އަދި ހިޒުބުﷲ އާ ގުޅުމެއް ނެތް ހާދިސާއެއް ކަމަށް އެ ދެފަރާތުން ވަނީ ބުނެފައެވެ.
Massive explosion in Beirut triggers widespread destruction and casualties https://t.co/K7baPzR2iM pic.twitter.com/h3LKJglRnj
— TIME (@TIME) August 4, 2020
One hospital in Beirut has said it is treating more than 500 injures and is unable to receive any more patients. Tens of the people injured will need surgery and the hospital is appealing for blood donations.
Follow the latest here: https://t.co/R2Lh904JkC pic.twitter.com/xn85sUgs7q
— SkyNews (@SkyNews) August 4, 2020