އުމުރުން ވިހި އަހަރުގެ ހަތަރު އަންހެނަކު ވެގެން ޒުވާން ފިރިހެނަކު ރޭޕް ކޮށްފި އެވެ.
އިންޑިއާގެ ޕަންޖާބް ގައި މިހާދިސާ ހިނގާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
ޖަލަންދަރ އަވަށަށް ނިސްބަތްވާ އެ ފިރިހެންމީހާ މަސައްކަތް ނިންމާފައި ގެޔަށް ދިޔަ މަގުމަތީގައި ހުދު ކާރެއްގައި އައިސް ޒުވާން 4 އަންހެނުން އޭނާ ހުއްޓުވުމަށް ފަހު ކަރުދާސް ކޮޅެއް ދެއްކު މަށްފަހު އޭގައި ލިޔެފައި އޮތް އެއްޗެއް އޮޅުން ފިލުވަ ދޭން އެމީހާ ކައިރިން އެދުނެވެ. އަދި އެމީހާ އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔަން ހުއްޓާ އެތަނުން އެކަކު އޭނާގެ ލޮލަށް ސްޕްރޭ ޖެމުމަށްފަހު ހޭނައްތައި ކިޑްނެޕްކުރި އެވެ. ކާރަށް އެރުވުމަށް ފަހު ކަނު ބަނދެ ދެއަތް ފަހަތަށް ބަނދެ އެކަހެރި ތަނަކަށް ގެންގޮސް ގަދަކަމުން ރާ ބޯން ދިނުމަށް ފަހު އެ ހަތަރު އަންހެނުން އޭނާ ރޭޕްކޮށްފައި ވާކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައި ވެއެވެ.
ރޭޕްކުރި މީހާ އިތުރަށް ކިޔައި ދީފައިވާ ގޮތުގައި، ރޭޕް ކުރުމަށްފަހު އޭނާ ވަލުތެރެ އަށް ދޫކޮށްފައި އެމީހުން ދަންވަރު 3 ޖަހާކަންހާއިރު ފިލިއެވެ. އެ އަންހެނުން އެކަކު އަނެކަކާ ވާހަކަ ދެއްކީ އިނގިރޭސި ބަހުން ކަމަށާއި ނަމަވެސް އޭނާ އާ ވަހަކަ ދެއްކީ ޕަންޖާބް ބަހުން ކަމަށް އޭނާ ބުންޏެވެ. ތަނަވަސް އާއިލާތަކަށް ނިސްބަތްވާ ކަމަށް ބެލެވޭ އެމީހުންނާމެދު ފިޔަވަޅު އެޅުމަށް އޭނާގެ އަނބި މީހާ ބޭނުން ނުވާތީ މިހާތަނަށް ފުލުހަށް މައްސަލަ ހުށަހަޅާފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ. މި ހާދިސާ އިންޑިއާގެ އެކި އެކި މީޑިއާ ތަކަށް އޭނާވަނީ ހިއްސާ ކޮށްފައެވެ.
އިންޑިއާ އަކީ ދުނިޔޭގެ އެހެނިހެން ގައުމު ތަކާ އަޅާ ބަލާއިރު ރޭޕްކުރުމާއި، މީހުން މެރުން ފަދަ ބޮޑެތި ކުށްތައް އިންތިހާ އަށް ކުރަމުން އަންނަ ގައުމެއް ކަމަށް ލޭބަލް ވެފައިވާ ގައުމެކެވެ. އިންޑިއާގެ ނޭޝަލަން ކްރައިމް ރެކޯޑް ބިއުރޯ އިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު އެކަނިވެސް އެގައުމުގައި 31677 ރޭޕް ކޭސް ފައިލް ކޮށްފައި ވެއެވެ.