English Edition
Dhivehi Edition
ކޮވިޑް-19 އާއި ގުޅިގެން މާލޭގެ ފުރަބަންދު ތަންފީޒްކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލުތަކާއި ޚިލާފުވެގެން މިއަދު 33 ތަނެއް ބަންދުކޮށްފި އެވެ.

އެގޮތުން އެޗްޕީއޭ އިން ހާމަކުރާ ގޮތުގައި މިއަދު ވަނީ 174 ތަނެއް އިންސްޕެކްޓްކޮށްފަ އެވެ. އޭގެ ތެރެއިން 33 ތަނެއް ވަނީ މިހާރު ވަގުތީ ގޮތުން ބަންދުކޮށްފައިވާއިރު، އިއްޔެވެސް 22 ތަނެއް ވަނީ ބަންދުކޮށްފަ އެވެ.

އެގޮތުން އެޗްޕީއޭ އިން މިއަދު ބަންދުކުރި ތަންތަނުގެ ތެރޭގައި ފަސް ސެލޫނަކާއި، 17 ފިހާރައަކާއި، 10 ކެފޭއާއި ރެސްޓޯރެންޓްގެ އިތުރުން އެއް މާރުކޭޓު ހިމެނެއެވެ.

އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް ވިޔަފާރިތައް ހިންގާތޯ ބެލުމަށް “މާސް އިންސްޕެކްޝަން” ފަށާފައި ވަނީ ޖުލައި 30 ވަނަ ދުވަހު އެވެ. އެގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި ހިންގަމުންދާ އެ ޚާއްސަ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 632 ތަނެއް އިންސްޕެކްޓްކޮށް، ޖުމްލަ 148 ތަނެއް ވަނީ ބަންދުކޮށްފަ އެވެ.

މާލެ ސަރަޙައްދުގައި އެޗްޕީއޭ އިން މި ޚާއްސަ އޮޕަރޭޝަން ފަށާފައި މިވަނީ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވެފައި ވަނިކޮށް، އަނެއްކާވެސް ކުއްލިއަކަށް ޕޮޒިޓިވް ކޭސްތައް އިތުރުވަމުން ދިއުމާއި ގުޅިގެންނެވެ.