America gai School thah hulhuvumaa dhekolhah Teacherun adu ufulanee - AO News
English Edition
Dhivehi Edition

Worldwide

  • 43,328,174confirmed
  • 31,900,636recovered
  • 10,268,529active
  • 1,159,009deaths

Maldives

  • 11,505confirmed
  • 10,524recovered
  • 944active
  • 37deaths

ކޮވިޑް 19 ކަވަރޭޖް

3 މަސް ކުރިން
ޑެންމާކްގެ ސްކޫލެއްގައި ޓީޗަރަކު، ދަރިވަރުންނަށް ކިޔަވައިދެނީ. --ފޮޓޯ: އޭއެފްޕީ / ގެޓީ އިމޭޖަސް

މުޅި ދުނިޔޭން ކޮރޯނާވައިރަސް (ކޮވިޑް-19) މިހާރު އެންމެ ބޮޑަށް ފެތުރެމުންދާ އެމެރިކާގައި ސްކޫލްތައް ހުޅުވުމާ ދެކޮޅަށް އެ ގައުމުގެ 35 ޑިސްޓްރިކްޓެއްގެ ސްކޫލްތަކަށް ނިސްބަތްވާ ޓީޗަރުންނާއި ސަޕޯޓް ސްޓާފުން އަޑުއުފުލައިފިއެވެ.

އެގޮތުން. އެ ގައުމުގެ ގިނަ އަދަދެއްގެ ޓީޗަރުން ގަބޫލުކުރާ ގޮތުގައި މިހާރުގެ ހާލަތު ރަނގަޅުނުވަނީސް ސްކޫލްތައް ހުޅުވުމަކީ މި ބައްޔަށް އިތުރަށް މީހުން ހުށަހެޅުމުގެ ފުރުޞަތު ބޮޑުވާނެކަމަކަށްވާއިރު، އެންމެ ރަނގަޅު ގޮތަކީ ސައިންޓިފިކް ޑޭޓާގެ މައްޗަށް ރިއާޔަތްކޮށް މިކަމަށް އެކަށޭނަ ދަނޑިވަޅު އަންނަންދެން މަޑުކުރުން ކަމަށެވެ.

Advt

Advertisement

އަދި ސްކޫލްތަކުގައި ސަލާމަތީ ޕްރޮޓޮކޯލްތައް ކަނޑައެޅި މިހާރަށްވުރެ ގިނައިން ޓެސްޓްކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަށީގެންވާ ވަރަށް ކައުންސިލަރުންނާއި ނަރުހުން ވެސް ހަމަޖެހިގެން މެނުވީ ހުޅުވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރާކަމަށް ވެބްސައިޓް މެދުވެރިކޮށް ޓީޗަރުން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން، ސްކޫލްތަކުގެ ދަރިވަރުންގެ ބެލެނިވެރިންނާއި، މައިންބަފައިންނަށް ލިބެންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ހާއްސަކޮށް ގޭގެ ކުލި ދެއްކުމަށާއި މޯގޭޖަށް މާލީގޮތުން އެހީވުމަށްޓަކައި މޮރަޓޯރިއަމް ތައާރަފްކުރުމަށް ވެސް ގޮވާލާފައިވެއެވެ.

އެމެރިކާގައި ކޮވިޑް-19 އަށް މިހާތަނަށް 4.8 މިލިއަން މީހުން ޕޮޒިޓިވްވެ، 158.522 މީހުން ވަނީ މަރުވެފައެވެ. އެ ގައުމުން މިހާތަނަށް ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 2,382,805 އެވެ. މުޅި ދުނިޔޭން މިހާތަނަށް 18.3 މިލިއަން މީހުން މި ބައްޔަށް ޕޮޒިޓިވްވެ، 694،874 މީހުން ވަނީ މަރުވެފައެވެ.