English Edition
Dhivehi Edition
އިރުޝާދިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް އޯލެވެލް އިމްތިހާނު ހެދުމަށް ތައްޔާރުވެފައި - ފޮޓޯ: ފޭސްބުކް (އިރުޝާދިއްޔާ ސްކޫލް)

އިރުޝާދިއްޔާ ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިރުޝާދިއްޔާ ސްކޫލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ 2024-2023 ގެ ދިރާސީ އަހަރު އެ ސްކޫލުގެ ގްރޭޑް 1،2،3،4،5،6،7،8،9،10އަދި އެލް.ކޭ.ޖީ އާއި ޔޫ.ކޭ.ޖީ އަށް ވަންނަން އެދޭ ދަރިވަރުންނަށް ސްކޫލަށް ވަނުމަށް އެދޭ ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ސްކޫލަށް ކުދިންވައްދަވަން އެދިލައްވާ ފަރާތްތަކުން ދަރިވަރުން ސްކޫލަށް ވައްދަންއެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 31 މެއި 2023 ވާ ބުދަ ދުވަހުގެ 14.00އެވެ. މިގޮތުން އިޢުލާނުގައިވާ ލިންކް ނުވަތަ ކިއުއާރް ކޯޑު ބޭނުންކޮށްގެން ފޯމު ފުރޭނެއެވެ. އޮންލައިންކޮށް ފޯމު ފުރާއިރު، ދަރިވަރާއި ބެލެނިވެރިޔާގެ އައިޑީ ކާޑުގެ ދެފުށް ވަކިން ފެންނަ ކޮޕީއަކާއި ވެކްސިން ކާޑު އަޕްލޯޑްކުރުމަށް ސަމާލުކަން ދިނުމަށް ސްކޫލުން ވަނީ އެދިފައެވެ.

ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އުމުރުފުރާތަކަށް ބަލާނެގޮތް:

ގްރޭޑް

2023/2024 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާ

LKG

2023 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

UKG

އެލް.ކޭ.ޖީ ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން

ގްރޭޑް 1

ފައުންޑޭޝަން ސްޓޭޖް (އެލް.ކޭ.ޖީ އަދި ޔޫ.ކޭޖީ)ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން

އިރުޝާދިއްޔާ ސްކޫލުން ބުނީ އެ ސްކޫލަށް ވަންނަން އެދި ހުށަހަޅާ ފަރާތްކަށް ޖާގަ ހަމަޖެހޭނަމަ، ޖާގަދޫކުރެވިފައިވާ ކަމުގެ ލިޔުން ދޫކުރެވޭނެ ކަމަށާއި، މިހާރު ކިޔަވާ ސްކޫލުގެ ލީވިންގ ސެޓްފިކެޓް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.