Addu Rape ge massalaigai hayyaru kuri dhe meehunge bandha 15 dhuvas jahaifi - AO News
English Edition
Dhivehi Edition

Worldwide

  • 39,959,651confirmed
  • 29,890,384recovered
  • 8,954,631active
  • 1,114,636deaths

Maldives

  • 11,178confirmed
  • 10,097recovered
  • 1,045active
  • 36deaths

ކޮވިޑް 19 ކަވަރޭޖް

3 މަސް ކުރިން
Road linking between hithadhoo island and maradhoo island of addu atoll in Maldives

އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންގެ ބަންދަށް 15 ދުވަސްޖަހާފައިވާކަމަށާއި މި މައްސަލައިގައި އިތުރު ބަޔަކު ހިމެނޭ ކަން، މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާކަމަށެވެ.

Advt

Advertisement

މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރަމުންދާކަން ހާމަކުރައްވަމުން ޕޮލިހުން ވިދާޅުވީ މި މައްސަލައިގައި އަނިޔާ ލިބުނު މީހާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ދައްކާފައިވާކަމަށެވެ. މީގެއިތުރުން އެ އަންހެން މީހާ ސައިކޮލޮޖިކަލް އެސެސްމެންޓެއް ހެދުމަށް ފުވައްމުލަކަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކާއި، އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.