English Edition
Dhivehi Edition
24 ޖެނުއަރީ 2020ގައި ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް އާޓިފިޝަލް ބީޗް ސަރަޙައްދުގައި ކުރިއަށްގެންދިޔަ އިހުތިޖާޖްގެ ތެރެއިން - ފޮޓޯ: އެމްވީކްރައިސިސް

ރާއްޖޭގެ އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 30 ދުވަސްޖަހައިފިއެވެ.

ފުލުހުން ބުނީ އުތުރުގެ (ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅު) ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.

މައްސަލައިގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.. އޭނާ ހައްޔަރުކުރުމަށް ފުލުހުން ކޯޓު އަމުރެއް ހޯދުމާއެކު ފިލާފައިވާއިރު ފުލުހުން ވަނީ އޭނާ ހޯދުމަށް ފޮޓޯ އާއި ވަނަވަރު އާންމުކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ފިލުމަށް އެހީތެރިވި 29 އަހަރުގެ ދިވެހި ފިރިހެނަކުވެސް އިއްޔެ ހައްޔަރުކުރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް ކޯޓުން 12 ދުވަސް ދީފައިވާކަމަށެވެ.

ޓެގު