English Edition
Dhivehi Edition
ފައިލް ފޮޓޯ: މިނިވަންކަޕް 2018

ސ.މީދޫ ގައުމު އެފްސީ އިން އިސްނަގައިގެން ބާއްވާ “ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި މުބާރާތަކީ އައްޑޫ ޒުވާނުންގެ މެދުގައި ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި “ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓްގެ ނަމުގައި 2019 ވަނަ އަހަރުން ފެށިގެން ގައުމު އެފްސީ އިން އިސްނަގަިއގެން ކޮންމެ އަހަރަކު ބާއްވަން ހަމަޖައްސާފައިވާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރި ވެވޭނީ ހުޅުދޫ މީދޫން ބައިވެރިވާ ޓީމްތަކާއި އަތޮޅުތެރޭން ދައުވަތު ދެވޭ ޓީމްތަކާއި އަދި ދިވެހިރާއްޖޭގެ ރަށްތަކަށް ދައުވަތު ދެވޭ ޓީމް ތަކުގެ އިތުރުން ރިސޯޓްތަކަށެވެ.

ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް އިންތިޒާމް ކުރާފަރާތުން ބުނީ، މުބާރާތުގައި ބައިވެރި ވުމުގެ ފީއަކީ 500ރ ކަމަށާއި ކޮންމެ ޓީމެއްވެސް ރަޖިސްޓްރީ ކުރުމަށްޓަކައި މުބާރަތުގެ އޯގަނައިޒިންގ ކޮމިޓީއިން ދޫކުރާ ފޯމް ފުރައި ކަނޑައެޅިފައިވާ ތާރީހަށް ފޯމާއި ފައިސާ އަދި ކުޅުންތެރިންގެ އައިޑީ ކާޑު ކޮޕީ މުބާރާތުގެ އޯގަނައިޒިންގ ކޮމިޓީއަށް ހުށަހަޅަންވާނެ ކަމަށެވެ. މި މުބާރާތަށް ފޯރމް ހުށަހެޅުމުގެ ފުރުސަތު 10 އޯގަސްޓް 2020 ހަމައަށް ހުޅުވާލާފައިވާއިރު މުބަރާތުގައި ބައިވެރިވުމަށް އެދޭ ފޯމް [email protected]ގެ އީމެއިލަށް ފޮނުވުމަށް އިންތިޒާމު ކޮމިޓީއިންވަނީ އެދިފައެވެ.

މި އޯގަސްޓްމަހު 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބަރާތުގެ ޗެމްޕިއަން ޓީމަށް 10000ރުފިޔާ ކަނޑައެޅިފައިވާ އިރުު ރަނަރަޕް ޓީމަށް 5000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.


ތިރީގަިއވާ ލިންކުން މި މުބާރާތުގެ ގަވައިދު ފޯމް ޑައުންލޯޑްކުރެވޭނެއެވެ.

Tournament Rules: tinyurl.com/y4hlqswg Application forms: tinyurl.com/yy3p5wwe