English Edition
Dhivehi Edition
ބެލަރޫސްގައި ތިބި ދިވެހި ދަރިވަރުންތަކެއް ރާއްޖެ އައުމަށް ޔޫކޭގެ ލަންޑަންގައި - ފޮޓޯ: ޓްވިޓާ (މިއުވާން)

އިނގިރޭސިވިލާތަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންގެ މަޢުލޫމާތު ހޯދަން އިޢުލާންކޮށްފި އެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ 2020 ވަނަ އަހަރު ސެޕްޓެމްބަރ އިންޓޭކަށް އިނގިރޭސިވިލާތަށް ކިޔަވަންދާން ބޭނުންވާ ދިވެހި ދަރިވަރުން ވިސާ އާއި ގުޅޭ ގޮތުން މަޢުލޫމާތު ހޯދުމަށް މިމިނިސްޓްރީއާ ގުޅަމުންގެންދާ ކަމަށެވެ.

ވީމާ، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ އިންޓޭކަށް އިނގިރޭސިވިލާތަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންގެ މަޢުލޫމާތު ކަމާބެހޭ ފަރާތަށް ހުށަހެޅުމަށްޓަކައި، އެ ފަދަ ދަރިވަރުން، 4 އޮގަސްޓް 2020 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މި ޕޯޓަލްގައި ރަޖިސްޓްރީވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮރޯނާވައިރަހާއި ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން އެ ޤައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ސަރުކާރުން ރާއްޖެ ގެނެސްދީފައިވާއިރު، އޭގެ ތެރޭގައި އިނގިރޭސިވިލާތުގައި ކިޔަވާ ދިވެހި ދަރިވަރުންވެސް ހިމެނެއެވެ. އެހެންނަމަވެސް މިދިޔަ ޖުލައި 03 ވަނަ ދުވަހު އިނގިރޭސިވިލާތުން ދަތުރުކުރުމަށް ލުއިދީފައިވާ ޤައުމުތަކުގެ ލިސްޓެއް ނެރެފައިވާއިރު، އެ ލިސްޓުގައި ރާއްޖެ ނުހިމެނެއެވެ.