English Edition
Dhivehi Edition

މީދޫ ޔޫތް ޗެލެންޖް 2020 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އެފްސީ އަމިގޯސްގެ ކުޅުންތެރިޔާ ރަޔަން މުއްސަދު މަންސޫރު ހޯދައިފިއެވެ.

މުޅި މުބާރާތުގައިވެސް ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ދައްކައި، ޖުމްލަ 13 ގޯލާއެކު ރަޔާން މި މަގާމު ހޯދާފައިވާއިރު ރަޔަން އާއި އެންމެ ކައިރިން ވާދަކުރީ އެތްލެޓިކް އެފްސީގެ ސަހާފުއެވެ. ސަހާފުވަނީ މުބާރާތުގެ ފަސް މެޗު ކުޅެ، 09 ލަނޑު ޖަހާފައެވެ. މުޅި މުބާރާތުގައިވެސް މި ދެ ކުޅުންތެރިންގެ ފަރާތުން ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މިއަދު ބޭއްވި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ މުޅި މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން ހޮވާފައެވެ.

މުޅި މުބާރާތުގައިވެސް ސަހާފް އާއި ރަޔަންގެ އިތުރުން މޮޅު ކުޅުމެއް ކުޅެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ އެތްލެޓިކް އެފްސީގެ ފައިސަމް، އެފްސީ އަމިގޯސްގެ ހުސައިން ރަޝީދު، މުހައްމަދު ގުސެއްޔު، ކީޕަރު މުގްސިދުގެ އިތުރުން ބަސްޕާކްގެ ކުޅުންތެރިޔާ އިންތިއެވެ.

މި މުބާރާތުގައި ބެސްޓް ސަޕޯޓަރުގެ މަގާމުވެސް ހޮވާފައިވާއިރު، މި މަގާމު ލިބިފައިވަނީ މުބާރާތުގެ މެޗުތަކަށް ފޯރިގަދަ ތަރުހީބެއް ދީފައިވާ ސަމީރާއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެތްލެޓިކް އެފްސީ ހޯދިއިރު މުބާރާތުގެ ރަނައަޕް ޓީމަކަށް ހޮވިފައިވަނީ އެފްސީ އަމިގޯސްއެވެ. މި މުބާރާތުގައި މީދޫ ގެ ކުރީގެ މަޝްހޫރު ގިނަ ކުޅުންތެރިން ފެނިގެން ދިޔަ އިރު މި މުބާރާތް ކޮންމެ އަހަރަކުވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.

1 ކޮމެންޓް
ނުން
އޮގަސްޓް 1, 2020
އެންމެ މޮޅު ކުޅުން ތެރިޔާ ނުން، އެންމެ ގިނަ ލަނޑު ޖެހި ކުޅުން ތެރިޔާ