English Edition
Dhivehi Edition
މާލޭގައި ކުރިއަށްގެންދިޔަ ކޮވިޑް-19 ޑްރިލެއްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް ނިއުސް

ރާއްޖެއިން އިތުރު 74 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިއަދު 18:00 އާއި ހަމައަށް އިތުރު 44 ދިވެހިންނާއި، 19 ބަންގްލަދޭޝްގެ މީހުންގެ އިތުރުން އިންޑިއާގެ 08 މީހަކާއި ސްރީ ލަންކާގެ މީހަކާއި، ނޭޕާލްގެ މީހެއްގެ އިތުރުން ފިލިޕިންސްގެ މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އިއްޔެވެސް 152 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3،793 އަށް އަރައިފައިވެ އެވެ. އޭގެ ތެރޭގައި 1،799 ދިވެހިން ހިމެނޭއިރު، ދެން އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ބަންގްލަދޭޝްގެ 1،592 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 78،900 ސާމްޕަލް ނަގާފައިވާއިރު، މިވަގުތު ކަރަންޓީނުގައި އެއްވެސް މީހަކު ނެތެވެ. ނަމަވެސް އައިސޮލޭޝަން ފެސިލިޓީތަކުގައި 709 މީހުން އެބަތިއްބެވެ.