English Edition
Dhivehi Edition

އަޟްހާ ޢީދުގެ މުނާސަބަތުގައި، އެމް-ފައިސާ ކަސްޓަމަރުންނަށް ޚާއްސަ އޮފާއެއް އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށްފިއެވެ.

އެގޮތުން މި އޮފާގެ ދަށުން އެމް-ފައިސާ “ސެންޑް މަނީ” ފީޗަރ ބޭނުންކުރައްވައިގެން 3 އޯގަސްޓް 2020 ގެ ކުރިން ތަފާތު 5 އެމް-ފައިސާ ވޮލެޓަށް 50ރ އަށް ވުރެ މަދު ނޫން އަދަދެއްގެ ފައިސާ ޓްރާންސްފަރ ކުރައްވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 3 ފަރާތަކަށް 3000ރ. ލިބިވަޑައިގަންނަވާނެއެވެ. މި ޚާއްސަ ޕްރޮމޯޝަން 30 ޖުލައި 2020 އިން ފެށިގެން 3 އޯގަސްޓް 2020 ގެ ރޭގަނޑު 11:30 ހަމައަށް ކުރިއަށްދާއިރު، ނަސީބުވެރި ފަރާތްތަކުގެ މައުލޫމާތު 5 އޯގަސްޓް 2020 ވަނަ ދުވަހު އިއުލާނު ކުރެވިގެންދާނެއެވެ.

އެމް-ފައިސާ “ސެންޑް މަނީ” ފީޗަރ އިން އެއް ވޮލެޓުން އަނެއް ވޮލެޓައް އިތުރު ޗާރޖަކާނުލާ ލާރި ޓްރާންސްފަރ ކޮށްލެވޭނެއްވެ. ޢީދު ދުވަހުގެ ތަހުނިޔާ އާއިއެކު ދުރުގައި ތިބި އާއިލާގެ މެމްބަރުންނަށް އަދި ރައްޓެހިންނަށް ޢީދު ހަދިޔާއެއްގެ ގޮތުގައިވެސް ފޮނުވާލެވިދާނެއެވެ. އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާދެއްކުން، އުރީދޫ ބިލްތަކުގެ އިތުރުން ކަރަންޓު އަދި ފެން ބިލަށް ފައިސާ ދެއްކުން، ރެސްޓޯރަންޓްތަކާއި ފިހާރަތަކަށް ފައިސާ ދެއްކުމުގެ އިތުރުން ކެންސަރ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތި އަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

އެމް-ފައިސާ މެދުވެރިކޮށް ސެންޑް މަނީ ފީޗަރ ބޭނުންކުރެއްވުމަށް:

  1. އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާ އަށް ލޮގިން ކުރައްވާ: http://ore.do/app
  2. SEND MONEY ނަންގަވާ
  3. ފައިސާ ފޮނުވަން ބޭނުންވާ އެމް-ފައިސާ ވޮލެޓްގެ ނަންބަރު NEW, SEARCH ނުވަތަ SMART PAY މެދުވެރިކޮށް ހިޔާރު ކުރެއްވުމަށް
  4. ފޮނުވަން ބޭނުންފުޅުވާ އަދަދު ޖެއްސެވުމަށްފަހު PROCEED އަށް ފިތާލައްވާ
  5. ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖެއްސެވުމަށްފަހު ކޮންފަރމް ކުރައްވާ

ފައިސާ ފޮނުވިކަމުގެ މެސެޖެއް ފައިސާ ފޮނުވި ފަރާތަށް އަދި ލިބޭފަރާތައްވެސް މެސެޖެއް ލިބިވަޑައިގަންނަވާނެއެވެ.

އެމް-ފައިސާ އަށް ރެޖިސްޓަރކުރުމަށް:

  1. އުރީދޫ އެޕް ޑައުންލޯޑްކުރައްވާ http://ore.do/app
  2. އެމް-ފައިސާ ޚިޔާރުކުރެއްވުމަށްފަހު ރެޖިސްޓްރޭޝަންއަށް ފިތާލައްވާ
  3. މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ
  4. މޮބައިލް ނަންބަރު ޖެއްސެވުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖައްސަވާ
  5. ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެއްސެވުމަށްފަހު ކުރިން ޖެއްސެވި ޕިން ނަންބަރު ޖައްސަވާ
  6. ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖެއްސެވުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ.

ބީ.އެމް.އެލް، އެސް.ބީ.އައި އަދި އެމް.އައި.ބީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެއްވޭނެއެވެ.