English Edition
Dhivehi Edition

ރާއްޖެއިން ކޮވިޑް -19 ޖެހުނު އިތުރު މީހަކު މިއަދު ނިޔާވެފައިވާ ކަަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ،

އެޗްޕީއޭއިން ވިދާޅުވީ ނޭވާލާން އުނދަގޫވެގެން މިއަދު އައިޖީއެމްޗަށް ދިޔަ އުމުރުން 71 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާ ކަމަށާއި އެ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ކަމަށެވެ. އެޗްޕީއޭއިން ވިދާޅުވީ މި މީހާ ނިޔާވެފައިވަނީ މިއަދު މެންދުރު 1:38ގައި ކަމަށެވެ.

މިއަދު ނިޔާވި މިހާއާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 16އަށް އިތުރުވެފައެވެ.

ކޮވިޑް-19ގައި މިއަދު ނިޔާވި މީހާއާއެކު، މިހާތަނަށް ރާއްޖެއިން 10 ދިވެހިންނާއި 6 ބިދޭސީންވަނީ ނިޔާވެފައެވެ. ކޮވިޑް-19ގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވަނީ އޭޕްރިލް މަހުގެ 29ވަނަ ދުވަހުއެވެ. އެއީ 83އަހަރުގެ އަންހެނެވެ.