English Edition
Dhivehi Edition
މާލޭގައި އިދިކޮޅުން ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން: ފޮޓޯ ސޯޝަލް މީޑިއާ

މި ސަރުކާރު އުޅެނީ ކޮވިޑް ނިވާފަތްގަނޑަކަށް ހަދައިގެން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްނުދީ ‘ރެކެން’ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާތައް ފަށާފައިވާއިރު. ކޮވިޑާ ގުޅިގެން ކުރި ފުރަބަންދަށް ލުއި ދިން ފަހުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އެޗްޕީއޭ އިން އަންނަނީ ގައިދުރުކަން ބަހައްޓައި ގިނަ މީހުން ބައިވެރިވާ އެއްވުންތައް ނުބާއްވަން ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

ފުރަ ބަންދަށް ލުޔެއް ދިން ފަހުން އިއްޔެއަކީ އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވި ދުވަހަށްވާއިރު، މިކަމާއި ގުޅިގެން އަދުރޭ ވިދާޅުވީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާ ކަމަށް ބުނެ ސަރުކާރުން އުޅެނީ ބިރު ދައްކަންކަމަށާއި މިހާރު ފަށާފައިވާ ސިލްސިލާ މުޒާހަރާއަކީ އެއްގޮތަކަށްވެސް ޕީޕީއެމް އާއި ޕީއެންސީ އިސްވެ ފެށި މުޒާހަރާއެއް ނޫންކަމަށެވެ. “މިއީ ރައްޔިތުން ނިކުންނަ ނިކުތުމެއް. ރައްޔިތުންގެ ހައްގު ހޯދަން ނިކުންނަ ކޮންމެ ތަނެއްގައި ޕީޕީއެމް، ޕީއެންސީ ތިބޭނެ،” އަދުރޭ ވިދާޅުވި އެވެ.

ބަލި ކޮންޓްރޯލް ނުކުރެވި މިހާލަތަށް ދިޔައީ ސަރުކާރުގެ ދޯހަޅި ކަމުން ކަމަށް ފާހަގަކުރައްވަމުން އަދުރޭ ވަނީ ސަރުކާރު އުޅެނީ ކޮވިޑް ނިވާފަތްގަނޑަކަށް ހަދައިގެން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްނުދީ ‘ރެކެން’ ކަމަށް ތުހުމަތުކުރައްވާފައެވެ.”ބަލި ކޮންޓްރޯލް ނުކުރެވި މިހާލަތަށް ދިޔައީ ސަރުކާރުގެ ދޯހަޅި ކަމުން. އެއީ ރައްޔިތުންގެ މައްސަލައެއް ނޫން. ކޮވިޑް ޖެހިގެން މަރުވުމަށްވުރެން އަނބިދަރިންނަށް ކާނެ އެއްޗެއް ހޯދައި ދޭން ރައްޔިތުން ބޭނުންވާނެ” އަދުރޭ ވިދާޅުވިއެވެ.