English Edition
Dhivehi Edition
މާލޭގައި އިދިކޮޅުން ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން: ފޮޓޯ ސޯޝަލް މީޑިއާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގުޅިގެން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގައި ޕެޕާސްޕްރޭ ޖަހައި މުޒާހަރާ ރޫޅާލައިފިއެވެ.

މިނިވަން ދުވަހުގެ ރެއިން ފެށިގެން ޕީޕީއެމް/ޕީއެންސީގެ ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން މިރޭގެ މުޒާހަރާ ފުލުހުން ރޫޅާލާފައިވަނީ މަޖީދީމަގާއި ސޯސަން މަގު ގުޅުނު ކަންމަތިންނެވެ.

މިރޭގެ މުޒާހަރާގެ ތެރެއިންވެސް ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ޕީޕީއެމް އަދި ޕީއެންސީގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ

މަޖީދީމަގުން ފެށި މުޒާހަރާ ނިންމާލީ ޕީޕީއެމްގެ އޮފީސް ކައިރިއަށް އެއްވެ ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވާލާ، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

އިކޮޅުން މާލޭގެ މަގުތަކުގައި މުޒާހަރާ ކުރިއަށް ގެންދާއިރު ލިއުމުން ހުއްދަ ހޯދައިގެން ނޫނީ މާލޭގައި މުޒާހަރާ ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ އަންގައިފައެވެ، މިނިސްޓްރީން މި މަހުގެ 14 ވަނަ ދުވަހު ކުރި އިއުލާނުގައި ބުނެފައިވަނީ ލިއުމުން ހުއްދަ ނުހޯދައި މާލޭގައި ދެން މުޒާހަރާކުރެވޭނީ ކުރީގެ ސަރުކާރުން ގެނައި އިސްލާހުގައިވާ ގޮތަށް، މާލޭގެ ކާނިވާ ސަރަހައްދުގައި އެކަނިކަމަށެވެ. އެހެން ތަނެއްގައި އެއްވުމެއް ނުވަތަ ހިނގާލުމެއް ބާއްވާ ނަމަ ފުލުހުންގެ ހުއްދަ ލިއުމުން ހޯދަން ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.