English Edition
Dhivehi Edition

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިއްޔެ ހަވީރުން ފެށިގެން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުން ޖޫރިމަނާ ކުރުމަށް ފަހު ދޫކޮށްލައިފިއެވެ.

އިއްޔެގެ މުޒާހަރާއިން 38 މީހަކު ހައްޔަރުކޮށްފައިވާއިރު، ރޭ އެ އެ އެންމެންވެސް ދޫކޮށްލީ އެޗްޕީއޭގެ އުސޫލުތަކާ ހިލާފުވުމުން ޖޫރިމަނާކުރުމަށްފަހު އެވެ.

ކޮވިޑް ހުއްޓުވަން އެޗްޕީއޭއިން އިއުލާންކޮށްފައިވާ އުސޫލުތަކާ ހިލާފުވެއްޖެ ނަމަ ޖޫރިމަނާ ކުރަނީ 1،000ރ. އިންނެވެ.

އިއްޔެ މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ މުޒާހަރާ ފެށުމަށް ހަމަޖެހިފައިވާ ކޯލިޝަންގެ އޮފީސް ސަރަހައްދަށް ދެވެން އޮތް ހުރިހާ މަގެއް ބަންދު ކޮށްފައެވެ. އެކަމަކު އިދިކޮޅު ސަޕޯޓަރުން މާލޭގެ އެކި ދިމަދިމާލުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައިވާއިރު އިއްޔެގެ މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ސާމްޕަލްތައް ނެގުމަށްވެސް ވަނީ މަސައްކަތްކޮށްފައެވެ.

ފުލުހުން ބުނީ މުޒާހަރާގައި ގިނަ އަދަދެއްގެ ފުލުހުންނާއި ކޮންޓެކްޓް ވެސް ވެފައިވާތީ ސާމްޕަލް ދޭން އެދުނީ އެންމެންގެ ރައްކާތެރިކަމަށް ކަމަށާއި އެހެނަމަވެސް ކޮވިޑް ޓެސްޓު ހަދަން އެ އެންމެން ވެސް ދެކޮޅުހެދާފައިވާކަމަށެވެ.