Noosveringe massakatha huras neylhuma Media council in govaalaifi - AO News
English Edition
Dhivehi Edition

Worldwide

  • 39,959,651confirmed
  • 29,890,384recovered
  • 8,954,631active
  • 1,114,636deaths

Maldives

  • 11,178confirmed
  • 10,097recovered
  • 1,045active
  • 36deaths

ކޮވިޑް 19 ކަވަރޭޖް

3 މަސް ކުރިން

ނޫސްވެރިންގެ މަސައްކަތަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް, މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮވާލައިފިއެވެ.

ރޭ މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުންނަށް އެންމެ ސައްހަ މައުލޫމާތު ދިނުމަށާއި، ގައުމުގައި ހިނގާ މުހިންމު ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށާއި މީޑިއާ އާއި ނޫސްވެރިންގެ މަސައްކަތަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ގޮވާލާފައެވެ.

Advt

Advertisement

ފަހަކަށް އައިސް ރާއްޖޭގައި ބާއްވާ އެއްވުންތަކާއި މުޒާހަރާތަކާއި އެނޫންވެސް އެފަދަ ބައެއް ހަރަކާތްތައް ކަވަރުކުރުމުގައި ނޫސްވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކޮށް މީޑިއާ ކައުންސިލުންވަނީ ބ. ބޮޑުފިނޮޅުގައި މި މަހުގެ ދެވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، އެކަމުގެ މައުލޫމާތު ކަވަރުކުރުމަށް ފުލުހުން މީޑިއާތަކަށް ފުރުސަތު ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެފައި ނުވާ ކަމަށްބުނެފައެވެ.

މީގެ އިތުރުން މިދިޔަ އާދިއްތަ ދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނަށްވެސް ފުލުހުންގެ ފަރާތުން ހުރަސްތައް ކުރިމަތިވެފައިވާކަމުގެ ޝަކުވާ ކައުންސިލުގެ މެމްބަރުންނަށް ލިބިފައިިވާ ކަމަށް މީޑިއާ ކައުންސިލުގެ ބަޔާނުގައި ވަނީ ބުނެފައެވެ. މި ގޮތުން މުޒާހަރާގެ މަންޒަރު ނުފެންނަ ހިސާބަށް ނޫސްވެރިން ދުރަށް ޖެއްސުމާއި، އެނޫންވެސް މުޒާހަރާގައި ހިނގަމުންދާ ކަންކަން ކަވަރުކުރަން ހުރަސް އެޅޭ ފަދަ ބައެއް ކަންކަން ފުލުހުންގެ ފަރާތުން ކުރިމަތިވެފައިވާކަމަށް އެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

މިފަދަ ގިނަ ޝަކުވާތަކާއި ގުޅިގެން މިޑީއާ ކައުންސިލުންވަނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ނޫސްވެރިކަމުގެ މަސައްކަތްކުރުމުގެ ފުރުސަތު ހުރިހާ މީޑިއާތަކަށާއި އެ މީޑިއާތަކުގެ ނޫސްވެރިންނަށް ވެސް ލިބޭކަން ޔަގީން ކުރުމަކީ އެ ކައުންސިލްގެ ގާނޫނީ ޒިންމާއެއްކަމަށް ބުނެފައެވެ. އަދި ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް އަދި އެހެނިހެން އިދާރާތަކުން ވެސް މީޑިއާގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ ކަމެއްކުރުމަކީ އެ ކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ބަޔާނުގައިވެއެވެ.