English Edition
Dhivehi Edition

މިފްކޯ އިން ބޮޑު އީދާއި ގުޅިގެން ބޭއްވި ‘ފަސްމީރު ބޮޑު އީދު ޕްރޮމޯޝަން’ ގެ އައްޑޫ ސައިޓްގެ ނަސީބުވެރިއަކަށް އައްޑޫ ސިޓީ މީދޫ ރޯސްވާދީ އަހްމަދު ދީދީ ހޮވިއްޖެއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި އައްޑޫ ސިޓީގެ ހުރިހާ ރަށަކުން ބައިވެރިވި ފަރާތްތަކުގެ، ގުރުއަތު ނެގުން ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް(އޭއެފްސީ)ގައެވެ.

މިފްކޯގެ ހުޅުމީދޫ ސައިޓްގެ އިތުރުން މާލެ ސަރަހައްދުގައި ހުންނަ މިފްކޯގެ 03 މަސް ފިހާރައާއި، ކުއްޑޫ އާއި ފެލިވަރުގައި ހުންނަ މިފްކޯގެ ސައިޓްތަކުން ވިޔާފާރިކުރި ކަސްޓަމަރުންގެ މެދުގައިވެސްވަނީ ގުރުއަތުލުން ބާއްވާފައެވެ. މިފްކޯގެ ކޮންމެ ފިހާރައެއްގައި ވަކިން ކުރިއަށް ގެންދިޔަ މި ގުރުއަތުގައި ޖުމްލަ 6 ނަސީބުވެރިޔަކުވަނީ ހޮވާފައެވެ.

މިފްކޯއިން ބޮޑު އީދުގެ އުފަލުގައި ކަސްޓަމަރުންނާއެކު ބައިވެރިވުމުގެ ގޮތުން، ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ގުރުއަތުން ހޮވުނު ފަރާތަށް ގޭގައި ބޭނުންކުރާ އެކި ހޯމް އެޕްލައިއެންސް އާއި އެކި ބާވަތުގެ މަސްކޭހުގެ ގިފްޓް ހެމްޕާއެއްވަނީ ހަވާލުކޮށްފައެވެ.