އައްޑޫ އަތޮޅު ހުޅުމީދޫގައި އަޅާފައިވާ “އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް” އާއި ގުޅޭ ގޮތުން އެ ކުންފުނީގެ އާ އެކްޓިން މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ދެއްކެވި ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ
އާ ސަރުކާރާއެކު ދައުލަތުގެ މަސް ކުންފުނި ހިންގުމާ ހަވާލުވެ ހުންނެވި އިސްމާއީލް ވިދާޅުވީ ހުޅުމީދޫގައި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއެއް އެޅުމަކީ ކުންފުނީގެ ތާރީހުގައި ވެސް ކޮށްފައިވާ އެންމެ ގެއްލުން ބޮޑު އެއް އިންވެސްޓްމަންޓްކަމަށާއި އިންވެސްޓްމަންޓް ކުންފުންޏަށް ގެއްލުން ބޮޑު އިންވެސްޓްމަންޓަކަށްވީ މަސްވެރިންނާ ވަރަށް ދުރު، އަދި ރަނގަޅު ނޫން ތަނެއްގައި އިމާރާތްކޮށް އިންވެސްޓް ކުރުމުން ކަމަށެވެ. މީގެ އިތުރުން އިސްމައީލް ވިދާޅުވީ ހިތަދޫގައި މަސް ފެކްޓްރީ އެޅިނަމަ މުޅި އައްޑޫއަށް ފައިދާ ކުރީސްކަމަށާއި މުވައްޒަފުން ހޯދަން ވެސް ފަސޭހަވާނެކަމަށެވެ
.އިސްމާއީލްގެ މި ވާހަކަތަކަށް ރައްދު ދެމުން ސޯޝަލް މީޑިއާގައި ހުޅުދޫ މީދޫގެ ގިނަ ބަޔަކު ބުނެފައިވަނީ މިއީ ސަރުކާރުން އެއްވެސް ރައްޔަތަކު ބާކީ ނުކޮށް އެންމެންނަށް ހަމަހަމަ ތަރައްޤީއެއް ގެނެސްދިނުމަށް ކުރަމުންދާ މަސައްކަތާއި ވަރަށް ބޮޑަށް ފުށުއަރާ ވާހަކަތަކެއް ކަމަށެވެ. އަދި ވަކި ރަށަކަށް ނިސްބަތްކޮށް މި ފަދަ ވާހަކައެއް ދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ގިނަ ބަޔަކުވަނީ ސިފަކޮށްފައެވެ.
މީގެ އިތުރުން މިހާރުވެސް އަސާސީ ގިނަ ހިދުމަތްތަކުން މަހްރޫމްވެފައިވާ ހުޅުދޫ މީދޫ ރައްޔަތުންނަށް މި ވާހަކަތަކުގެ ސަބަބުން ވަރަށް ބޮޑު މާޔޫސްކަމެއް ލިބިފައިވާކަމަށް ގިނަ ބަޔަކުވަނީބުނެފައެވެ.އަދި ވަޒީފާގެ ފުރުސަތުތައް މަދު މި ދެރަށުގައި މަސްފެކްޓްރީގެ ސަބަބުން ގިނަ ބަޔަކަށް ވަޒީފާ ލިބިގެންދިޔަ ކަމަށާއި ރަށަށް ވަންނަ އާމްދަނީވެސް އިތުރުވެފައިވާ ކަމަށް ގިނަ ބަޔަކުވަނީ ފާހަގަކޮށްފައެވެ
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ 2014 ވަނަ އަހަރު އިފުތިތާހު ކުރި މަޝްރޫއެކެވެ. މިމަސްފެކްޓަރީގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރު ޑިސެމްބަރުމަހުގެ ފަހުކޮޅުގައެވެގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރު ހަރަދުގެ އިންވެސްޓްމަންޓަކުން އަޅާ މި ފެކްޓްރީގައި 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ އެވެ. މީގެ އިތުރުން 250 ޓަނުގެ ފެން އެއް ފަހަރާ ރައްކާކޮށްފައި ބެހެއްޓޭނެ އެވެ.