English Edition
Dhivehi Edition
ވަގަން ނަގާފައި ވަނިކޮށް ފުލުހުން ހޯދި ލެޕްޓޮޕް - ފޮޓޯ: ޕޮލިސް

ހުޅުމާލޭ ގެސްޓުހައުސްކައުން ލެޕްޓޮޕެއް ވަގަށް ނަގާފައިވާ ލެޕްޓޮޕެއް ހޯދައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރާ ގޮތުގައި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ބަނގުލަދޭޝް ފިރިހެނެކާއި 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ފުލުހުން ބުނީ އެދެމީހުންގެ ތެރެއިން 26 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ޖުލައި 23 ވަނަ ދުވަހު ހުޅުމާލެ ގެސްޓުހައުސްއަކުން ލެޕްޓޮޕެއް ވަގަށް ނަގައިގެން ހުށަހެޅުނު މައްސަލައަކާ ގުޅިގެން ސީސީޓީވީ ކެމެރާތައް ބަލައިގެން ފުލުހުންކުރި މަސައްކަތުން ބިދޭސީ މީހާ މަސައްކަތް ކުރާތާ ކައިރިން ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 19 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ޖުލައި 24 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ހާމަކުރެއެވެ.

އަދި އެ މައްސަލައާ ގުޅިގެން ވަގަށް ނަގާފައިވާ ލެޕްޓޮޕާ، ލެޕްޓޮޕް ދަބަހާއި ލިޔެކިޔުންތަކެއް ބިދޭސީމީހާ މަސައްކަތް ކުރާ ތަނުގައި ފޮރުވާފައި ވަނިކޮށް ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.