English Edition
Dhivehi Edition

ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) އާއި އޭއޯ ގުޅިގެން އައްޑޫގައި ޗައިނާ ބަސް ކިޔަވައިދިނުމުގެ ބޭސިކް ކޯހަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ޒުވާނުންނަށް މިދުވަސްވަރު ޗުއްޓީގައި ތިބޭއިރު ޗައިނާ ބަސް ދަސްކުރުމަށް ފުރުސަތު ހޯދައި ދިނުމާއި އަދި ރާއްޖެއިން ތަފާތު އެކި ބޭނުންތަކަށް ޗައިނާއަށް ދާ ފަރާތްތަކަށް އެތަނުގައި އަމިއްލަ އަށް އުޅެވޭ ވަރަށް ބަސް ދަސްކޮށްދިނުމުގެ މަގްޞަދުގައި ކުރިއަށް ގެންދާ ކުލާހެކެވެ.

މި ކުލާހުގައި ކިޔަވައިދޭނީ ސީއެމްސީއޭގެ ސްކޮލަރޝިޕްގައި ޗައިނާގައި ބަސް ކިޔެވުމުގައި 3 އަހަރު ހޭދަކޮށްފައިވާ އައްޑޫ ކުއްޖެކެވެ.

ހިތަދޫ އަދި ހުޅުމީދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކުލާސްތަކުގައި ބައިވެރިވުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. ކޯސް ކުރިއަށް ގެންދާނީ އެއްހަފްތާގެ މުއްދަތަށެވެ. އަދި ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ކޯހުގައި ކޯހުގައި ބައިވެރިވި ކަމުގެ ސެޓްފިކެޓް ދެވޭނެއެވެ.

މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އޭއޯ ޗެނަލް އަދި އޭއޯ ނިއުސް ގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރުމުން އިތުރު މައުލޫމާތު ދެވޭނެއެވެ. އަދި އިތުރު މައުލޫމާތު 7782034 މި ނަމްބަރުން ލިބޭނެއެވެ.

http://www.facebook.com/www.aonews.mv/?ref=bookmarks

http://www.facebook.com/aonews.mv/