English Edition
Dhivehi Edition

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލައިގެ އިސްތިއުނާފު ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕީޖީން މިއަދު ހައި ކޯޓުގައި އެދެފި އެވެ.

މިއަދުގެ ޝަރީއަތަށް އަދީބް ހާޒިރުވީ ވަކީލަކާއި ނުލާ ކަމުން، އަދީބު ވަނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތަކަށް އެދިފައެވެ. އަދީބުގެ ފަރާތުން ވަކީލެއްގެ ފުރުސަތަށް އެދިވަޑައިގަތުމުން ފަނޑިޔާރުން ނިންމެވީ ބަންދުގެ އަމުރާ މެދު ގޮތެއް ނިންމަން މެންދުރު ފަހު 3:00 ގައި އަޑުއެހުމެއް ބާއްވާށެވެ.

ކްރިމިނަލް ކޯޓުން އަދީބުގެ ދައުވާތައް ބޭރުކޮށްފައިވާއިރު މި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ބޭއްވި ޝަރީއަތް ކުރިޔަށް ގޮސްފައި ވަނީ ގާނޫނާ އެއްގޮތަކަށް ނޫންކަމަށެވެ.

އަދީބުގެ ދައުވާތައް ބާތިލުކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 07 ދައުވާއެއްކޮށްފައިވާއިރު އެ ދައުވާތަކަށް އިއުތިރާފްވުމުގެ އެއްބަސްވުމެއް އަދީބާއި ދައުލަތާ ދެމެދު ވަނީ ހަދާފައެވެ. ދައުލަތުން އަދީބްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދެ ދައުވާ އާއި އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ހިމެނެއެވެ.

33 އަހަރަށް ޖަލަށްލުމަށް އަދީބަށް،ވަކި ވަކިން ކޮށްފައިވާ ހުކުމުތަކުގެ ތެރެއިން އެންމެ ފަހު ހުކުމް ބާތިލްކޮށް ޖަލު ބަންދުން ސަލާމަތްވެފައިވަނީ 2019 ވަނަ އަހަރުގެ މެއި މަހުގެތެރޭގައެވެ،