English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް އައްބާސް ޝަރީފް އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިއްޔެ ވަނީ އައްބާސް އާ އިންޓަވިއު ކޮށްފައެވެ. އަދި ރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް އޭނާ އައްޔަންކުރަން ފެންނަ ކަމަށް ނިންމައި, ތަޅުމަށް ހުށަހަޅަން ނިންމައިރު މިއަދު އޮތީ އައްބާސް އަށް ރުހުން ދޭން ފެނޭތޯ ވޯޓަށް އެހުމެވެ.

އެކަމަށްޓަކައި ރިޔާސަތުން ވޯޓަށް އެހުމުން, ވޯޓުގައި ބައިވެރިވި 85 މެންބަރުން ވަނީ އައްބާސް އެ މަގާމަށް އައްޔަންކުރަން ފެންނަކަމަށް ވޯޓު ދީފައެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި ބޭފުޅަކު މަގާމުން އިސްތިއުފާދެއްވާތާ ނުވަތަ ބޭފުޅަކު މަގާމުން ވަކިކުރާތާ 30 ދުވަހުގެ ތެރޭ އެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރަންޖެހެއެވެ.

ޓެގު