English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް މީޑިއާ

ގެސްޓު ހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި އެކައުންޓުގައި ހުރި ފައިސާ ޓްރާސްފާ ކޮށް ފޭރުނުކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މިމައްސަލައިގައި ޕީޖީ އޮފީހުގައި ދައުވާކޮށްދިނުމަށް އެދުނީ އަހްމަދު މިހާދު (44އ) ގ. އޯލްޕެރިސް އަދި ރިމާނާ މޫސާ (39އ) ގ. ރަނައުރާގެއާގެ މައްޗަށެވެ.

ޔެލޯ ލައިޓް ސްޓޭ ގެސްޓު ހައުސްގައި މި އަމަލު ހިންގާފައިވަނީ މިދިޔަ ޖުލައި 19 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ މިމައްސަލަ ޕީޖީ އޮފީހަށް ފޮނުވީ މިމަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

ޓެގު