English Edition
Dhivehi Edition

މާފަންނު އިޖުތިމާއީ މަރުކަޒުގައި އައިސް ބާތު ފެސިލިޓީ އެއް ގާއިމްކޮށްފިއެވެ.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ވަރަށް ގިނަ އެތުލީޓުންގެ ދިގު އިންތިޒާރެއް ކަމަށާއި އެކަމަށް ނިމުމެއް ގެނެވުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. އަދި މިއީ އެތުލީޓުންގެ ރިކަވަރީއަށް ނެގުނު ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށް މިނިސްޓަރ މަޙްލޫފް ވަނީ ފާހަގަކުރައްވާފައެވެ.

މާލޭގެ ޔޫތު ސެންޓަރުގައި ކުޅިވަރުތަކުން ރިކަވާ ކުރުމަށް ބޭނުން ކުރާނެ އައިސް ބާތް ފެސިލިޓީއެއް ހެދުމަށް ނިންމާފައިވާކަން، ފުރަތަމަ އިއުލާން ކުރީ ކުރިން އެކްޓިންސް ސްޕޯޓްސް މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.އިޖުތިމާއީ މަރުކަޒުގައި އައިސް ބާތު ފެސިލިޓީ ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައިވަނީ މިދިޔަ އަހަރު ޖޫން 23 ވަނަ ދުވަހު އެވެ،

އައިސް ބާތަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ތަމްރީންތަކަށް ފަހު ހަށިގަނޑުގެ ރިކަވަރީއަށް އެތުލީޓުން ކުރާ ކަމެކެވެ.